Support Us

ޒުވާނުންގެ ޝޯއަށް ޕްރެކްޓިސްކުރުން ކުރިއަށް ދަނީ

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ތިނަދޫގައި ޒުވާނުންގެ ހުނަރު ދައްކާލުމުގެ ޝޯއެއް

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާނުންގެ ހުނަރު ދައްކާލުމުގެ ޚާއްޞަ ޝޯއެއް ގދ. ތިނަދޫ ސްޓޭޑިއަމްގައި މާދަމާރޭ ބޭއްވުމުގެ ތައްޔާރީތައް ވާންފަށައިފިއެވެ.

ޒުވާނުންގެ ޝޯއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ތިނަދޫ ސްޕޯޓްސް ކައުންސިލަރ އަރޫޝާ މުހައްމަދު ވިދާޅުވީ މި އަހަރުގެ ޒުވާނުންގެ ދުވަސް ތަފާތު ގޮތަކަށް ފާހަގަކުރަން ނިންމީ ޒުވާނުންގެ ހުނަރު ދައްކާލުމަށް ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން ކޮންމެ ޒުވާނަކަށް ވެސް މި ޝޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް އަރޫޝާ ވިދާޅުވިއެވެ.

ޒުވާނުންގެ ޝޯއަށް ޕްރެކްޓިސްކުރުން ކުރިއަށް ދަނީ

"ޝޯގައި ބައިވެރިވެފައިވާ ކުދިންގެ ޕްރެކްޓިސް މިހާރު ވަނީ ފަށާފައި. އަދި އިތުރަށް ވެސް ބައިވެރިވުމަށް އަޅުގަނޑުމެން ވާނީ ފުރުސަތު އާއްމުކޮށް ހުޅުވާލާފައި،" އަރޫޝާ ވިދާޅުވިއެވެ. މިއީ ތިނަދޫގައި ބާއްވާ މިފަދަ ފުރަތަމަ ޝޯއެވެ. އެހެންކަމުން ވަރަށް ގިނަ ބަޔަކު މިޝޯގައި ބައިވެރިވެ އަދި ކުޅި ބެލުމަށް ޖަމާވާނެ ކަމަށް އަރޫޝާ ލަފާ ކުރައްވައެވެ.

ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިސް އޮފިޝަލަކު ވިދާޅުވީ ޝޯގައި ބޮޑުބެރުގެ އިތުރުން މިއުޒިކާއި ލަވަ އަދި އަމިއްލަ ހުނަރު ދައްކާލުމަށް މިހާރުވެސް ގިނަ ބަޔަކު ނަން ނޯޓުކޮށް ފަރިތަކުރުން ކުރިޔަށް ގެންދާ ކަމަށެވެ. ތިނަދޫ ސްޓޭޑިއަމްގައި މާދަމާ ރޭ 8:30 ގައި ޝޯ ފަށާއިރު މި ޝޯގައި މޯލްޑިވިއަން އައިޑޮލްގެ މަޝްހޫރު ތަރި މުހައްމަދު ޒަލީފް އަބްދުﷲގެ އިތުރުން ތިނަދޫގެ މަޝްހޫރު ޒުވާނުން ފެނިގެންދާނެ ކަމަށް ވެސް ތިނަދޫ ކޮމިއުނިޓީ ސެންޓަރުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް