Support Us

ތާރީހް:

ލިބެންވީ: ސްޓެލްކޯގެ މެނޭޖިިން ޑައިރެކްޓަރަށް

ފޮނުވީ: އިމްތިޔާޒު (އިންޓޭ)
ގުޅޭ: ހިސާބުގަނޑު ހުރިހާ ގެއެއްގެ ބިލް ދައްކަންޖެހެނީ އަޅުގަނޑަށްތޯ ސާފުކޮށްލުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހަކީމެވެ. އާންމު ގޮތެއްގައި މިގޭ ކަރަންޓު ބިލް ވަރަށް ކުޑަވާނެ އެވެ. މި އަހަރު ޖެނުއަރީގައި 510.50ރ. އެރި ނަމަވެސް މާޗުގައި އެރީ 665.79ރ. އެވެ. މާޗުގައި އައި ދެ ވަނަ ބިލަށް އެރީ 133.56ރ. އެވެ. ހީވަނީ އެއީ ފެބްރުވަރީގެ ބިލް ހެންނެވެ. އަދި އެޕްރީލްގައި ބިލް ނައިސް މޭ މަހު އެރީ 174ރ. އެވެ.

އެކަމަކު ޖުލައި މަހު އައި ބިލަށް ކުއްލިއަކަށް މި އެރީ 10،007.12ރ. އެވެ. އެހެންވެ އަޅުގަނޑު އެކަމާ ފިކުރު ބޮޑުވެ، ވަރަށް ވިސްނައިފީމެވެ. މި ކަމަކާ ހެދި ލޭމައްޗަށް ވެސް ހިނގައްޖެ އެވެ. އަޅުގަނޑަށް ބޮޑަށް ހީވަނީ އެއީ މިގޭގެ ބިލް އެކަނި ނޫންހެންނެވެ. ބިލް ހަދާ ކުދިން ފަސޭހަކޮށްލުމަށްޓަކައި މި ހިސާބުގަނޑުގެ ހުރިހައި ގެއެއްގެ ބިލް ވެސް އެއޮތީ މިގޭ ބިލްގެ ތެރެއަށް ލާފައިހެންނެވެ. އެކަމަކު އެހެން ހައްދަވައިގެން ނުވާނެނޫންތޯއެވެ؟ ހިސާބުގަނޑު ހުރިހާ ގެއެއްގެ ބިލް އަޅުގަނޑު ދައްކަންޖެހެނީ ކޮން އުސޫލަކުން، ކީއްވެގެންތޯ އެވެ؟

ވީމާ، މި ހިސާބުގަނޑު ހުރިހާ ގެއެއްގެ ބިލް އަޅުގަނޑު ދައްކަންޖެހެނީ ކީއްވެގެންތޯ ސާފުކޮށްލަދެއްވުން އެދި، ބިލްތަކަށް ފައިސާ ދެއްކި ގޮތުގެ ރަސީދުގެ ކޮޕީއެއް މި ސިިޓީއާއެކު ފޮނުވަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.