Support Us

ލިޔުންތެރިޔާ: އިބްރާހީމް ވަޙީދު "އޮގަރު"

އިބްރާހީމް ވަޙީދު ”ކަލާވެހި“/”އޮގަރު“ އަކީ ތަފާތު އެކި ރޮނގުރޮނގުގެ މާހިރެކެވެ. ވަޙީދުގެ މައި ދާއިރާޔަކީ ތަޢުލީމީ ދާއިރާއެވެ. އޭނާޔަކީ ދުނިޔޭގެ ތަފާތު އެކި ބަހަށް ފަރިތަ، ބަހުގެ މާހިރެއް މެއެވެ. ކުރެހުންތެރިކަމާއި ތަރުޖަމާކުރުމާއި ޅެންވެރިކަމާއި މިޔުޒިކާއި ވާހަކަދެއްކުންތެރިކަމާއި ރޭޑިޔޯ ޓެލެވިޜަންގެ ދާއިރާއިން ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެއްވެސް މެއެވެ. ސަރުކާރާއި ދައުލަތުގެ މަތީ ފެންވަރުގެ އެކި ވަޒީފާގައި ޚިދުމަތްކުރައްވައި، ދުނިޔޭގެ ގިނަ ތަންތަނަށް ދަތުރުކުރައްވައި އުޅުއްވުމުގެ ގޮތުން ތަޖުރިބާގެ ގޮތުން މުއްސަނދި ބޭފުޅެކެވެ. އަދި ލިޔުންތެރިކަމުގެ ރޮނގުން ރާއްޖޭން ބޭރުގެ އެކި އެވޯޑު ޙާޞިލް ކުރައްވައިފައިވާ ބޭފުޅެއްމެއެވެ. ރާއްޖޭން ބޭރުގައްޔާއި ރާއްޖޭގެ އެކި ނޫސް މަޖައްލާގައި އޭނާގެ ލިޔުންތައް ޝާއިޢުކުރެވިފައި ވެއެވެ. ވަޙީދަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2020 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.