Support Us

ލިޔުންތެރިޔާ: މަރިޔަމް ތައުފީގާ

މަރިޔަމް ތައުފީގާ އަކީ ދިވެހިބަހާއި އިނގިރޭސި ބަސް ވެސް ކިޔަވައިދެއްވުމަށް ނުހަނު ލޯބިކުރައްވާ، ހެޔޮގޮތުގައި ބަސް ބޭނުން ކުރުމަށް ހިތްވަރު ދެއްވާ، ބަހުގެ މުދައްރިސެކެވެ. ބަސް ކިޔަވައިދެއްވުމުގެ ގޮތްތައް އުނގަންނައިދެއްވާ އެދުރުންގެ އެދުރުދައިތައެކެވެ. މި ރޮނގުން ދިވެހިރާއްޖޭގައްޔާއި އިނގިރޭސި ވިލާތުގައި މަސައްކަތް ކުރައްވާފައިވާ ހުނަރުވެރި ތަޖުރިބާކާރެކެވެ. ކިޔަވައިދެއްވުމުގެ ދާއިރާ ގައްޔާއި މުދައްރިސުން ތަމްރީނު ކުރެއްވުމުގައި ދިވެހިރާއްޖޭގަ އާއި އިނގިރޭސި ވިލާތުގައި މަސައްކަތް ކުރައްވާފައިވާ މަރިޔަމް ތައުފީގާ އަކީ ބަހަށް ލޯބިކުރެއްވުުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ހިނގާ އެކިއެކި ކަންކަމާ މެދު ވިސްނަވައި، އެ ކަންކަމަށް ވިސްނުމަށް ހިތްވަރުދެއްވާ މުދައްރިސެކެވެ.