Support Us

ލިޔުންތެރިޔާ: އަހުމަދު ޝާހިލް މުއީން

އަޙްމަދު ޝާހިލް މުޢީނަކީ ޅެންވެރިކަމުގެ ދާއިރާއަށް އައު ޒުވާން މޫނެކެވެ. "ޅެންވެރިކަމުގެ އަލި މުޅި ދިވެހިރާއްޖެއަށް" މި ޝިއާރުގެ ދަށުން ދިވެހިބަހުގެ އެކެޑެމީން އިންތިޒާމްކުރި ޅެންކޯހުގައި ބައިވެރިވެވަޑައިގެން، ޅެން ހެއްދެވުމުގެ ފަންނީ އުކުޅުތައް ދަސްކުރެއްވި ޝާހިލް، ޅެންވެރިކަމުގެ ނަމެއްގެ ގޮތުގައި ޚިޔާރުކުރައްވައި ބޭނުންކުރައްވަމުން ގެންދަވަނީ "އައްސޭރި"އެވެ. މި ފަންނަށް ކިތަންމެ ޅަ ކަމުގައި ވިޔަސް، އައްސޭރީގެ ގަލަމުން "ހަރު" ޅެންތައް ގައްތަވަމުން ގެންދަވައެވެ. ޅެންވެރިކަމުގެ އިތުރުން ޝާހިލް އަކީ ވާހަކަ ލިޔުންތެރިއެއްވެސް މެއެވެ. އޮންލައިން އެކިއެކި މަޖައްލާތަކަށް ކުރު އަދި ދިގު ވާހަކަތަކާއި އުފެއްދުންތެރި ލިޔުންތައް ޝާހިލް ލިޔުއްވައިފައިވެއެވެ. ފަންނުގެ ޝައުގުގައި ބަހާއި އަދަބަށް ޚިދުމަތް ކުރެއްވުމަކީ ޝާހިލްގެ އެންމެ އިސް މަޤްސަދެވެ.