Support Us

ލިޔުންތެރިޔާ: ފާރޫޤު މުޙައްމަދު ޙަސަން

މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޟިލުކުރައްވަމުން ގެންދެވިއިރު، ކްލާހުން ނެރުނު މަޖައްލާއަށް ލިޔުއްވަން ފެއްޓެވުން އެއީ ފާރޫޤް މުޙައްމަދު ޙަސަންގެ ލިޔުންތެރިކަމުގެ ފެށުމެވެ. އޭގެ ފަހުން ޕާކިސްތާނުގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު ކަރާޗީގައި ތިބި ދިވެހި ދަރިވަރުން ނެރުނު މަޖައްލާއަކަށް ލިޔުއްވިއެވެ. އޭގެ ފަހުން "މިއަދު" ނޫހަށާއި، "އާފަތިސް" ނޫހަށް "މިނިވަން" ނޫހަށާއި "އަށްޑުވަސް" މަޖައްލާއަށް ވެސް ލިޔުއްވިއެވެ. ބެލްޖިއަމްގެ ފްރީ ޔުނިވަރސިޓީ އޮފް ބްރަސަލްސް އިން މާސްޓާރޒް ޑިގްރީ ހާސިލް ކުރައްވާފައިވާ ފާރޫޤް މުޙައްމަދު ޙަސަން ލިއުއްވަން ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވަނީ އޭނާ މަތީ ތައުލީމް ހާސިލްކުރެއްވި (ފެނާއި ނަރުދަމާ އަދި ތިމާވެށީގެ) ދާއިރާއަށާއި، ތާރީޚީ އަދި ކޮންޓެމްޕޮރަރީ ޕޮލިޓިކްސްގެ ދާއިރާއަށެވެ.