Support Us

ލިޔުންތެރިޔާ: ޑރ. ޢަބްދުﷲ ވަހީދު

ޑރ. އަބުދުﷲ ވަހީދަކީ ރާއްޖޭގައި މަޝްހޫރު މެޑިކަލް ޑޮކްޓަރެކެވެ. މެޑިކަލް ރޮނގުން މާސްޓާޒް ފެންވަރަށް ކިޔަވައިވިދާޅުވުމުގެ އިތުރުން ޝަރީއާ އެންޑް ލޯގެ ދާއިރާއިން ޑިގްރީއެއް ހައްދަވައިފައިވާ ގާނޫނީ ވަކީލެކެވެ. މީގެ އިތުރަށް ބަސްބަހާއި އަދަބީ ކަންކަމަށް ޚާއްސަ ޝައުގުވެރިކަމެއް ދެއްވައި، ތަފާތު ލިއުންތައް ލިއުއްވާ ލިޔުންތެރިއެކެވެ. ޑރ. އަބުދުﷲ ވަހީދު ވަނީ 2008 ގައި "މިއަދު ޑެއިލީ" ނޫހުގެ ޗީފް އެޑިޓަރުކަން ކުރައްވައިފައެވެ. އިނގިރޭސި ބަހުން މިހާރުވެސް އޭނާ ބްލޮގެއް ލިއުއްވައެވެ. އެ ބްލޮގްގައި އެކިއެކި މައުޟޫއުގެ މައްޗަށް މިހާތަނަށް 270 ވަރަކަށް މަޒުމޫން ޝާއިއުކުރައްވާފައިވެއެވެ. ޑރ. އަބުދުﷲ ވަހީދުގެ ހިއްސާ އޮވެގެން މިހާތަނަށް ދިވެހި ހަތަރު ފޮތެއް ވަނީ ލިޔެޗާޕް ކުރައްވައިފައެވެ.