Support Us

އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ޕީޖީއަށް

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން ދުރުކޮށްފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހާއެކު ކޮށްފައިވާ މަޝްވަރާތަކާ އެއްގޮތަށް އިސްލާހުކޮށް އެ މައްސަލަ މި މަހުގެ ހަތް ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެކަމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އިންސާފުވެރިކަމާ އެކު ޝަރީޢަތް ކުރިއަށް ގެންގޮސްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލީ ވަހީދަށް އެންގެވި ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވުމާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރައްވާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު އެވެ.

މިއީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، ޖިންސީ ފުރައްސާރައިގެ މައްސަލައެއް ވަޒީރަކަށް ތުހުމަތު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *