Support Us

ޔުނާންގެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފި

ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާނާއި އޭނާގެ އަންހެނުން ރިހުލާ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިއެވެ.

އެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި މި މަހުގެ 4 ވަނަ ދުވަހު އެވެ. އެ ދެމީހުންގެ ބަންދަށް މީގެ ކުރިން ހަތް ދުވަސް ވަނީ ޖަހައިފަ އެވެ.

"މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފަ،" ފުލުހުން ބުންޏެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ގެންދިޔައީ ޔުނާންގެ ދެމަފިރިންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށް، ނުރުން ފާޅުކުރަމުންނެވެ.

މި މައްސަލާގައި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގޭކައިރިއަށް އެއްވެ އެމީހުން ހައްޔަރުކުރުމަށް ގޮވާލާ ނުރުހުން ފާޅުކުރަމުން ގެންދަނިކޮށެވެ. އެދުވަހު އެގޭ ކައިރިއަށް އެއްވި މީހުންގެ އަޑު ގަދަވެ ފުލުހުންގެ ހިމާޔަތަށް އެ ދެމީހުން އެދުމުން، ފުލުހުން ވަނީ އެ ދެ މީހުން އެގެއިން ނެރެގެން، ފުލުހުންގެ ވެހިކަލެއްގައި ހިމާޔަތަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *