Support Us

10.10.2020ގެ ރީތި ތާރީޚުގައި މާލޭގައި އެއްވެސް ކައިވެންޏެއް ނެތް، ސަބަބަކީ މިއީ

ލިޔެލައިފައި އޮންނައިރު ރީތި ތާރީޚެއްގައި ކައިވެނި ކުރުމަކީ ބައެއް ޒުވާނުން ވަރަށް ވެސް ބޭނުން ކަމެކެވެ. ނަމަވެސް، ކަލަންޑަރުން ވަރަށް ރީތި އަކުރުތަކެއް މިއަދަށް ދިމާވި، 10.10.2020 ގައި ކައިވެނިކުރުމުގެ އުފަލެއް މާލެއަކު ނެތެވެ.

ފެމިލީ ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ކޮވިޑާ ގުޅިގެން މިހާރު ހުރިހައި ކައިވެންޏެއް ވެސް ކުރަނީ ރަސްމީކޮށް އޮފީސް ހުޅުވާފައި ހުންނަ ދުވަސްދުވަހު އެކަނި ކަމަށެވެ.

"މިއަދަކީ ހޮނިހިރު ދުވަސް ކަމަށް ވާތީ މިއަދަކު އެއްވެސް ކައިވެންޏެއް މާލޭގައި ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.

މާލޭގައި މިއަދު ކައިވެނި ނުކުރެވުނު ކުދިންނަށް އޮތް އުފާވެރި ޚަބަރަކީ 20.10.20 އެބައާދެއެވެ. އެއީ އަންގާރަ ދުވަހަކަށް ވާތީ، އާދަޔާ ޚިލާފު ކަމެއް ނުހިނގާ ނަމަ، އެ ދުވަހު އޮފީސްތައް ހުޅުވާނެއެވެ. ކައިވެނި ވެސް ކުރެވޭނެ އެވެ.

މި އަހަރުގެ ފެބްރުއަރީގައި އައި ރީތި ތާރީޚު، 20.02.2020 ގައި މާލޭގައި 64 ކައިވެނިކުރިއެވެ.

ފެމިލީ ކޯޓުގައި މިއަދު ކައިވެނި ނުކުރި ނަމަވެސް، އަތޮޅުތަކުގެ ބައެއް ކޯޓުތަކުގައި ކައިވެނިކުރުން އޮންނާނެއެވެ. ސަބަބަކީ ކޮވިޑް ނެތް ގިނަ ރަށްރަށް ހުރުމުގެ އިތުރުން، ރަށްރަށުގެ ކޯޓުތަކުގެ ބަންދު ދުވަސްތައް ކަނޑައަޅަނީ އެ ކޯޓްތަކުން ކަމަށްވާތީއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިއަދު ކައިވެނިތަކެއް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *