އެންޑޯކްރިނޮލޮޖީގެ ޚާއްޞަ ޑޮކްޓަރެއް ޓީޓީއެޗް ކްލިނިކް މާލޭގައި އަންނަ މަހު ހިދުމަތް ދޭން ފަށާނެ ކަމަށް ޓްރީ ޓޮޕުން ބުނެފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ އެންޑަކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ، 1 ނޮވެމްބަރުން ފެށިގެން ޓީޓީއެޗް ކްލިނިކް މާލޭގައި ބަލިމީހުން ބަލާނެ ކަމަށާއި އެޕޮއިންޓަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ ކަމަށެވެ.
"ޑރ. ޖޯސެފަކީ ހަކުރުބަލި މެނޭޖްކުރުމާއި، ތައިރޮއިޑް ބަލިތައް ދެނެގަނެ ފަރުވާދިނުމުގެ އިތުރުން، ބަރުދަން އިތުރުވުމާ ގުޅުން ހުރި މައްސަލަތަކާއި ހޯރމޯންގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ. ޑރ. ޖޯސެފްގެ ފަރުވާގެ މައިގަނޑު އަސާސަކީ ކޮންމެ ބަލިމީހެއްގެވެސް ޞިއްޙީ ހާލަތަށް ބިނާކޮށް، ދިގުމުއްދަތުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފަރުވާގެ ޕްލޭންތައް އެކުލަވައިލުމެވެ. އެންޑަކްރިނޮލޮޖީއަކީ ހަށިގަނޑުގެ ހޯމޯންތަކާއި މެޓަބޮލިޒަމް ނިޒާމާ ގުޅުންހުރި ބަލިތައް މެނޭޖްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. މީގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމާއި، ހަކަތަ ހުންނަ މިންވަރާއި، ބަރުދަނަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިފަދަ ބަލިތަކަށް އަވަސް ފަރުވާ ހޯދުމަކީ ބަލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޑރ. ޖޯސެފްގެ ކޮންސަލްޓޭޝަންތަކުގެ ތެރެއިން، ބަލިމީހާގެ ޞިއްޙީ ހާލަތު ފުރިހަމައަށް ވަޒަންކުރުމާއި، ދިގުމުއްދަތުގެ ބަލިތައް މެނޭޖްކުރުމުގެ އިރުޝާދުތަކާއި، ދިރިއުޅުމުގެ އާދަކާދައަށް ރިޢާޔަތްކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ." ޓްރީ ޓޮޕުން ބުނެއެވެ. "ޓީޓީއެޗް ކްލިނިކް މާލޭގައި ޑރ. ޖޯސެފް ބަލިމީހުން ބައްލަވަން ފެއްޓެވުމަކީ، ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ނުކޮށްވެސް ލުއިފަސޭހަކަމާއެކު މާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތެކެވެ."
ޑޮކްޓަރަށް ދެއްކުމުގެ ތާވަލު
1 ނޮވެންބަރު 2026 އިން ފެށިގެން ޑރ. ޖޯސެފް ބަލިމީހުން ބަލާނީ ތިރީގައިވާ ގަޑިތަކުގައެވެ:
• ދުވަސްތައް: ހޯމަ އަދި ބުރާސްފަތި
• ގަޑި: ހެނދުނު 10:00 އިން މެންދުރު 01:00 އަށް
• ތަން: ޓީޓީއެޗް ކްލިނިކް މާލެ، މއ. ޗަމްޕާ ވިލާ، ބުރުޒު މަގު، މާލެ
"ޓީޓީއެޗް ކްލިނިކް މާލެއިން އެންޑޯކްރިނޮލޮޖީގެ ޚިދުމަތުގެ އިތުރުން، އިންޓަރނަލް މެޑިސިން، ފެމިލީ މެޑިސިން، އަދި ނިއުރޯސަރޖަރީ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓޭޝަން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރިން ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީ، އޯޑިއޮލޮޖީ، އަދި ލެބޯރެޓަރީ ސާމްޕަލް ނެގުމުގެ ޚިދުމަތްތައް ވެސް ފޯރުކޮށްދެއެވެ. އަނިޔާވުމުގެ ސަބަބުން ނުވަތަ އޮޕަރޭޝަނަށް ފަހު، އަދި ނިއުރޯލޮޖިކަލް ހާލަތްތަކުން ރިކަވަރީވަމުންދާ ބަލިމީހުންނަށް ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ވެސް މި ކްލިނިކުން ފޯރުކޮށްދެއެވެ." ޓްރީ ޓޮޕުން ބުނެއެވެ.
ޓީޓީއެޗް ކްލިނިކް މާލޭގެ އެންޑަކްރިނޮލޮޖީ ޚިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވުން އެދެމެވެ.



advertisment

