ބޮޑެތި ޕާރުސަލަށް ޚާއްސަކޮށް ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފިއެވެ.
މޯލްޑިވްސް ޕޯސްޓް ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދެވެ.
"މިއީ، ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކޮށް، ފުޅާކުރުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ދަށުންނާއި އަދި ވަކިން ޙާއްސަކޮށް ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމްކުރެވުނު ޕިކްޕޯސްޓް ސްޓޭޝަނެކެވެ. އީކޮމާސް ސަބަބުން ޕޯސްޓްގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލް އިތުރުވުމާއި އަދި މޭލްގެ ލޭންޑްސްކޭޕްއަށް އައިސްފައިވާ ބަދަލުތަކާއެކު، ބޮޑެތި ޕާރސަލްތައްވެސް ޕިކްޕޯސްޓް ޑެލިވަރީ ނިޒާމުގެ ތެރެއިން ލިބުމަށް ޚިދުމަތުގެ އަހުލުވެރިން ކުރަމުން ދިޔަ އުންމީދުތަކަށް ރިޢާޔަތްކޮށް ޕޯސްޓުން އެޅި މުހިންމު ފިޔަވަޅެކެވެ. މިގެނެވުނު ބަދަލާއެކު، ބޮޑެތި ޕާރުސަލްތައް ލިބުމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، އަދި ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު މަތި ވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ." މޯލްޑިވްސް ޕޯސްޓްގެ ބަޔާނެއްގައި ވެއެވެ.

"ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ އަމާޒަކީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފަރުމާކޮށް ފޯރުކޮށްދިނުމާއި، ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ފަހި މާހައުލެއް ގާއިމްކޮށް ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުމެވެ."



advertisment

