Support Us

"ސަރުކާރުގެ ޚިދުމާތު މަރުކަޒު" 18 އަތޮޅެއްގައި އުފައްދަވައިފި

"ސަރުކާރުގެ ޚިދުމާތު މަރުކަޒު"ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި 18 އަތޮޅެއްގައި އުފެއްދި އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ.

"ސަރުކާރުގެ ޚިދުމާތު މަރުކަޒު"ތައް:

1. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހއ. އަތޮޅު

2. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހދ. އަތޮޅު

3. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ށ. އަތޮޅު

4. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ނ. އަތޮޅު

5. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ރ. އަތޮޅު

6. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ބ. އަތޮޅު

7. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ޅ. އަތޮޅު

8. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ކ. އަތޮޅު

9. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އއ. އަތޮޅު

10. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އދ. އަތޮޅު

11. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ވ. އަތޮޅު

12. ސަރުކާރުގެ ޚިދުމާތު މަރުކަޒު – މ. އަތޮޅު

13. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ފ. އަތޮޅު

14. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ދ. އަތޮޅު

15. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ތ. އަތޮޅު

16. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ލ. އަތޮޅު

17. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގއ. އަތޮޅު

18. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގދ. އަތޮޅު

ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 65ވަނަ މާއްދާގެ (ށ)ގެ 1ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ. މި މަރުކަޒުތައް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިސްޓުވެސް ހިމަނުއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *