Support Us

ފޭސް 2 ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ހަދަން ހިޔާލު ހޯދަނީ

ހުޅުމާލޭ ފޭސް 2 ގައި ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ދާނެ ހާއްސަ ސަރަހައްދެއް ޤާއިމުކުރުމުގެ ގޮތުން އެޗްޑީސީން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސަރވޭއެއް ފަށައިފައިވާ ކަމަށެވެ.

"މި ސަރވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި ހުށަހަޅައިފައިވާ އާޓިފިޝަލް މޫދަށް އެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސަރވޭގެ ތެރޭގައި ހިމެނެއެވެ. މި ސަރވޭއިން ލިބޭ މައުލޫމާތަކީ އީ.އައި.އޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު އެހީއެކެވެ." އެޗްޑީސީގެ ބަޔާނެއްގައި ވެއެވެ.

ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދު ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. އެއީ:

އާޓިފިޝަލް ސްވިމިން ސަރަޙައްދު: ފްލޯޓިން ޕޮންޓޫނަކާއެކު ހަދާ ރައްކާތެރި މޫދަށް އެރޭ ސަރަހައްދަކާއި، އައުޓްޑޯ، ފެންވަރާ ތަނަކާއި، ފަސޭހައިން މޫދަށް ފޭބޭނެ ގޮތަށް ހަދާ ރޭމްޕެއް.

މަސްބާނާ ޕްލެޓްފޯމް: ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ޚާއްޞަކުރެވޭ ވޯކްވޭއަކާއި، އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކޮށްފައިވާ ބެންޗުތަކުގެ އިތުރުން މަސް ކަނޑަން ބޭނުންކުރެވޭނެ ޚާއްޞަ ސަރަޙައްދެއް.

"މި މަޝްރޫއު ފުރިހަމަވެގެން ދިޔުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ. ހުލުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެއެވެ." އެޗްޑީސީން ބުނެއެވެ.

ސާރވޭ ލިންކް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *