Support Us

ޔައުގޫބްގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފެދިފައި ވަނީ އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްގެ ކައުންސިލްގެ މެމްބަރުކަން ގަބޫލް ކުރެއްވުމާ ގުޅިގެންނެވެ.

ޔައުގޫބްގެ މެމްބަރު ކަމާ މެދު ސުވާލު އުފައްދަވާ އެމައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވަނީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ މުހައްމަދު ހަލީމެވެ.

"ދިވެހި އުއްމަތާއި ދާންދޫދާއިރާގެ މެމްބަރުންނާއި ދާންދޫދާއިރާއަށާއި ރައީސް އިބްރާޙިމް ސޯލިހަށް ނަސްރާއި ނަސީބަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިން،" ހަލީމް މިއަދު ޓުވީޓް ކުރައްވާފައިވެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުގައި މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެންނުވާނެ އެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާމެދު ސުވާލުއުފައްދަން ފެށުމާ އެކު އޭނާ މިހާރު ވަނީ އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްގެ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *