Support Us

ޝަރުއީ ދާއިރާގެ "ޤަޟާޢީ އަހަރު" ރައީސް އިފްތިތާޙްކޮށްދެއްވައިފި

 ޝަރުއީ ދާއިރާގެ "ޤަޟާޢީ އަހަރު 2026″ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ޝަރުއީ ދާއިރާގައި ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށްޓަކައި، އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި ފަނޑިޔާރުންނާއި މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށްދިޔައެވެ. މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޤަޟާޢީ ބަޔާން އިއްވެވިއެވެ.

މި ރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ޙަވާލުކުރެއްވިއެވެ. މި ފިލާ އެ ފަރާތްތަކާ ޙަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މީގެ އިތުރުން، ޝަރުޢީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ ހަތް ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ޙަވާލުކުރިއެވެ. މި ފިލާ ޙަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *