އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ބައެއް ރަށްރަށުގެ ކަރަންޓް ޑިމާންޑު ބޮޑުވުމުން، އަންނަ ޕީކު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބައެއް ރަށްރަށަށް ސްޓެލްކޯ އިން އައު ޖަނަރޭޓަރު ސެޓްތައް ފޮނުވައިފިއެވެ.
ސްޓެލްކޯ އިން ބުނީ އެ ރަށްރަށަށް އައު ޖަނަރޭޓަރު ސެޓްތައް ފޮނުވީ އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އަންނަމުންދާ ތަރައްޤީއާ ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން މިދިޔަ ހަފުތާ ތެރޭގައި މާލެ އަތޮޅާއި އަލުފު އަތޮޅުގެ ހަ ރަށަކަށް ވަނީ އައު ޖަނަރޭޓަރު ސެޓްތައް ފޮނުވައިފައެވެ.
އައު ޖަނަރޭޓަރު ސެޓްތައް ފޮނުވި ރަށްތައް:
- ވ. ތިނަދޫ – 600 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
- ކ. ވިލިމާލެ – 1200 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
- އއ. އުކުޅަސް – 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
- އދ. ދިގުރަށް – 320 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
- އއ. ތޮއްޑޫ – 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
- ކ. ގުރައިދޫ – 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
"މި ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރެވުމާއެކު، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޔަޤީންކުރެވިގެންދާނެ،" ސްޓެލްކޯ އިން ބުނެއެވެ.



advertisment

