Support Us

ރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ މިއަދު 29 އަހަރު!

މި ސައްތަ 2000ގެ އަހަރުތައް ނުވަަތަ 21ވަނަ ސައްތަ ފެށުނުގެ މާކުރިންވެސް މި ސައްތަ ސިފަކުރެވިފައި ވަނީ  މައުލޫމާތުގެ ސައްތައިގެ ގޮތުގައެވެ. އެއީ މިސައްތައިގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީން ކަމަށް ވާތީއެވެ.

އަދި އެންމެ ބޮޑަށް ގައުމުތައް ނުވަތަ ކުންފުނިތައް ކުރިއަރައިގެން އަންނާނީވެސް މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީން ކަމަށް ވާތީއެވެ.

މިއަދުގެ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރިތަކުގެ ތެރޭގައި، މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖގެ ވިޔަފާރިތައް ހިމެނިފައިވުމަކީ މިކަމުގެ އަލިގަދަ ހެކިތަކެކެވެ.

މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީގެ ތެރެއިން ދުނިޔެއަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން ބައިނަލްއަގުވާމީ ވިއުގަ (International Netwerk) އިންޓަނެޓު (Internet) ދުނިޔޭގައި ތައާރަފުވީ މީގެ 60 ވަރަކަށް އަހަރު ކުރިން 1960ގެ އަހަރުތަކުގައެވެ.

ދިވެހިރާއްޖެއަށް އިންޓަނެޓް ތައާރަފުވީ 14 އޮކްޓޫބަރ 1996ގައެވެ. މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީގެ ތެރެއިން، އެންމެ ބޮޑު ބަދަލެއް ނުވަަތަ ކުރިއެރުމެއް ދިވެހިރާއްޖެއަަށްވެސް ގެނެސްދިން ޓެކުނޮލޮޖީގެ އެންމެ ބޮޑު ވިއުގައެވެ.

ތައުލީމާއި މައުލޫމާތާއި، ހިންގުމާއި، އިގުތިސާދީ، އިޖުތިމާއީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމާއި، ހުރިހައި ދާއިރާއެއްގައި، 29 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް އައި ބަދަލުތައް ކުރިއެރުންތައް ގިނަގުނައެވެ.

މީގެ 29 އަހަރު ފަހުގެ ޖީލުގެ ދަރިން އުފަންވެފައި މިވަނީ މައުލޫމާތުގެ މުޖުތަމައުގައެވެ. މައުލޫމާތުގެ ރަން ޒަމާނުގައެވެ.

ދިވެހިރާއްޖެއަށް މޮބައިލް ފޯނު ތައާރަފުވީ 1997ގައެވެ. އިންޓަނެޓު ގިނަބަޔަކު ބޭނުންކުރަނީ ކޮންޕިއުޓަރަށްވުރެ ބޮޑަށް މޮބަައިލް ފޯނުންނެވެ.

މުޅި ރާއްޖެއަށް އިންޓަނެޓު އާންމުވީ 2007 ގައެވެ.

އަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ދިރިއުޅޭ އެންމެންވެސް މިވަނީ މުއާސަލާތާއި ޓެކުނޮލޮޖީގެ ތަފާތު ވަސީލަތްތަކުން ގުޅިލާމެހިފައެވެ. މި ވަސީލަތްތަކާ ނުލައި އަދުގެ ބަވަނަ ދުނިޔޭގައި ދިރިއުޅުން ކުރިއެރުވޭނެ ގޮތްތަކެއް ނުމެނެތްމެއެވެ.

ދުނިޔޭގެ ގައުމުތަކުގައި ތަފާތު ސަގާފަތާއި އާދަކާދަތަކެވެ. ވީމާ، އެންމެން އެއްގޮތަށް ބަވަނަ ނުވާނެއެވެ. އެއީ ވެވޭނޭ ކަމެއްވެސް ނުމެ ނޫންމެއެވެ. އެހެންކަމުން، މި 29 އަހަރުގެ ތެރޭގައި ދިވެހި މުޖުތަމައަށް އިންޓަނެޓުގެ ސަަބަބުން ކުރި ނޭދެވޭ އަސަރުތައްވެސް ފާހަގަކުރަންޖެހެއެވެ. ކުޑަކުދިންނަށް ނޭދެވޭ އަސަރުުކުރާ ކަންކަމުން އެކުދިން ރައްކާތެރިކޮށް ސަލާމަތްކުރަންޖެހެއެވެ.

ކަމާބެހޭގޮތުން މައިންބަފައިން ބެލެނިވެރިން ސަމާލުކަން ދިނުން މުހިންމެވެ. އިޖުތިމާއީ ރައްކާތެރިކަމާއި މުޖުތަމައުގެ ކުރިއެެރުމަށެވެ. ދިވެހިރާއްޖެއަށް ބަލާއިރު މުވާޞަލާތުގެ ވަޞީލަތްތައް ބޭނުންކުރުމުގެ ނިޞްބަތް އެންމެކުރީގައިވާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވެއެވެ.

ވީމާ، ރައްކާތެރިކަމާއެކު ހެޔޮގޮތުގައި މި ވަޞީލަތްތައް ބޭނުންކުރުމަށް އެންމެހައި ރައްޔިތުން ހޭލުންތެރިކުރުން އެއީ ޤައުމީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާއި، ދިވެހި ގައުމިއްޔަތު ދިރުވައި، ދަމަހައްޓަންވީ ދިވެހި ސަގާފަތު ރައްކާތެރިކޮށް، ރިވެތި ސުލޫކު އާލާކޮށް ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ކިލަނބުވިޔަނުދީ، ޒަމާނީ ތަރައްގީއާއި ކުރިއެރުން ގެނައުމަށްޓަކައެވެ. އަދި މިނޫންވެސް ގައުމީގޮތުން ސަމާލުވާންވީ އެތައް ސަބަބުތަކަށްޓަކައިވެސްމެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *