Support Us

މިސްރުގެ ކުރީގެ ރައީސްގެ ދަރިކަލުން އަވަހާރަކޮށްލާފައިވަނީ ވިހަ މާއްދާއެއް ދީގެން: ވަކީލުން

މިސްރުގެ ކުރީގެ ރައީސްގެ ދަރިކަލުން މީގެ އަހަރެއް ކުރިން އަވަހާރަކޮށްލާފައިވަނީ ވިހަ މާއްދާއެއް ދީގެން ކަމަށް އާއިލާގެ ވަކީލުން ބުނެފިއެވެ.

ކުރީގެ ރައީސް މުހައްމަދު މޫރްސީގެ އާއިލީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ބްރިޓިޝް ޓީމަކުން ބުނި ގޮތުގައި މޫރްސީގެ އެންމެ ހަގު ދަރިކަލުން ކަމަށްވާ އަބްދުﷲ މޫރްސީ އަވަހާރަވީ ވިހަ މާއްދާއެއްގެ ސަބަބުންނެވެ. ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ 4 ސެޕްޓެމްބަރު 2019 ގައި މިސްރުގެ ވެރިރަށް ގާހިރާގެ ހޮސްޕިޓަލެއްގައި އަބްދުﷲ އަވަހާރަވެފައި ވަނީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

އުމުރުން 25 އަހަރުގެ އަބްދުﷲ މޫރްސީ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ އަވަހާރަވެފައި ކަމަށް އާއިލާ އިން ބުނެއެވެ.

އޭރު ގާހިރާގައި ހުރި އޭނާގެ ވަކީލު އަބްދުލް މޫނިމް އަބްދުލް މަގްސޫދު ބުނެފައިވަނީ އަބްދުﷲ ގެ ރަހުމަތްތެރިއަކާއެކު ކާރުގައި ވަޑައިގަންނަވަނިކޮށް ހާރޓްއެޓޭކެއް ޖެހިފައިވާ ކަމަށެވެ. އަދި އެވަގުތު ރަހުމަތްތެރިޔާ ކާރު ކޮންޓްރޯލްކޮށް އަލް ވަހާ ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރުން އޭނާ ސަލާމަތްކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށެވެ. އޭރު މިސްރުގެ ސަރުކާރުންވެސް އެ ރިޕޯޓް ގަބޫލުކޮށްފައިވެއެވެ.

ނަމަވެސް އަބްދުﷲ އަވަހާރަވުމަށް އާދިއްތަ ދުވަހު، އެއް އަހަރު ފުރިފައިވާއިރު ގުއަނިކާ 37 އައި.ޖޭ.ސީ އިން ވަނީ އަބްދުﷲގެ މަރާ ގުޅޭ އާ މައުލޫމާތުތަކެއް ލިބިފައިވާކަން އިއުލާނުކޮށްފައެވެ.

"އަލަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުވާ ގޮތުގައި އަބްދުﷲ އަވަހާރަވި ފަހުން އޭނާގެ ކާރުގައި 20 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާއެއް ކަޑަތުކޮށްފައި ވަނީ އޭނާގެ ގަޔަށް ވިހަ މާއްދާއެއް އިންޖެކްޓްކޮށް އޭނާ މަރާލުމަށްފަހު. އަދި އޭނާ މަރުވި ފަހުން، އެންމެ ކައިރި ހޮސްޕިޓަލަކަށް ނުގެންދިޔައީވެސް ގަސްދުގައި،" ލަންޑަނުގައި ހުރި ލޯ ފާރމްއިން ހާމަކޮށްފައިވެއެވެ. "މިހާރު ވަރަށް ސާފު ލިބިގެން މިއުޅޭ އާ މައުލޫމާތުތައް އޭރު ސަރުކާރަށްވެސް އެނގޭކަން."

ގުއަނިކާ 37ގެ ގާނޫނީ ޓީމުގެ ހެޑް، ޓޯބީ ކެޑްމަން މިޑްލް އީސްޓް އައި އަށް ހަބަރު ދީފައިވާ ގޮތުގައި އެ މަރާ ގުޅިފައިވާ ކަންތައްތަކަކީ އާދަޔާ ހިލާފު ކަންކަމެވެ.

"ޖަވާބު ނުލިބޭ ބައިވަރު ސުވާލުތައް އެބަހުރި. އެކަމަކު މިހާރު މި ލިބުނު މައުލޫމާތުގެ އަލީގައި އަބްދުﷲ މަރާލާފައިވާ ކަމަށް ގަބޫލުކުރެވޭ،" ޓޯބީ ބުންޏެވެ.

އަބްދުﷲ އަވަހާރަވުމުގެ ކުރިން، ޖޫން 2019 ގައި ކޯޓުގައި އަވަހާރަވި އަބްދުﷲގެ ބައްޕަގެ މަރު ސިޔާސީ މީހަކަށް އަބްދުﷲ ތުހުމަތު ކުރުމުގެ ސަބަބުން އޭނާ ހުރީ އަމިއްލަ ނަފްސުގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއްގައި ކަމަށް ވެސް ޓޯބީ ބުނެފައިވެއެވެ.

އަބްދުﷲގެ ބައްޕަ އަވަހާރަވިތާ ދުވަސްކޮޅެއް ފަހުން އަބްދުﷲ ވަނީ މިހާރުގެ އިންޓީރިއަރ މިނިސްޓަރު މަހްމޫދު ތައުފީގާއި، އޭނާގެ ދަށުން ހުންނަ މަޖްދީ އަބްދުލް ގައްފާރާއި، އަދި އެ މައްސަލަ ބެލި ގާޒީ ކަމަށްވާ މުހައްމަދު ޝީރީން ފަހުމީ އަކީ އެ މަރުގައި ބައިވެރިވި މީހުން ކަމަށް ބުނެފައެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރިޔާސީ އިންތިހާބުގައި ބައިވެރިވި މުހައްމަދު މޫރްސީ ވަނީ ރައްޔިތުންގެ ތާއީދާއި އެކު ކުރީގެ ލީޑަރު ހުސްނީ މުބާރަކްއާ ވާދަކޮށް، އެ އިންތިހާބު ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *