Support Us

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 4 މިލިއަނަށް ވުރެ މައްޗަށް

އިންޑިއާއިން މިއަދު އެކަނިވެސް 86،432 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނިިގޮތުގައި މިހާރު އެ ޤައުމުގެ ޖުމްލަ ކޭސްތައް ވަނީ 4,023،179 އަށް އަރާފައެވެ. ހެލްތު މިމިސްޓްރީއާއި ހަވާލާދީ އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނިގޮތުގައި މިހާތަނަށް އިންޑިއާއިން ދުވާލެއްގެ މައްޗަށް އެންމެ ގިނަ ކޭސްތައް ރިޕޯޓް ކުރެވިފައިވަނީ މިއަދެވެ. އަދި މިއީ މުޅި ދުނިޔެއިން ވެސް 24 ގަޑިއިރު ތެރޭގައި ރިޕޯޓްކުރެވިފައިވާ އެންމެ ގިނަ އަދަދެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ ޢަދަދު 3,107،223 އަށް އަރާފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި 70،000 މީހުން ބަލިން ފަސޭހެ ވުމާއެކު، ބަލިން ރަނގަޅުވާ މީހުންގެ އިންސައްތަ ވަނީ 77.15 އަށް އަރައިފައެވެ. އަދި ހަމަ މިއާއެކު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބަލީގައި 1089 މީހުން މަރުވުމާ ގުޅިގެން، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 69،561 އަށް އަރައިފައެވެ. މިހާރު އިންޑިއާގައި ކޮވިޑް-19 ގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 846،395 އެވެ.

ޔޫނިއަން ހެލްތް މިނިސްޓަރު ހަރްޝް ވަރްދާން ވިދާޅުވި ގޮތުގައި މިހާރު ޖުމްލަ އެކްޓިވް ކޭސްތަކުގެ ތެރެއިން ވެންޓިލޭޓަރުގައި ތިބީ 0.5 ޕަސަންޓަަށް ވުރެ މަދު ބައެކެވެ. އަދި އައި.ސީ.ޔޫގައި 2 ޕަސަންޓު ބަލިމީހުން ތިބިއިރު، އޮކްސިޖަން ސަޕޯޓްގައި ތިބީ 3.5 ޕަސަންޓަށް ވުރެ މަދު ބައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *