Support Us

އެޑްވަޓޯރިއަލް

އުތުރުގެ ތިން އަތޮޅަށް ހާއްސަ ދިވެހިބޭހުގެ މެޑިކަލް ކޭމްޕެއް ފެބްރުވަރީގައި ކުޅުދުއްފުށީގައި

އުތުރުގެ ތިން އަތޮޅަށް ހާއްސަކޮށްގެން ދިވެހިބޭހުގެ މެޑިކަލް ކޭމްޕެއް އަންނަ ފެބްރުވަރީގައި ހދ. ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑްސިން އިން ބުނީ ހއ. ހދ. އަދި ށ. އަތޮޅަށް ހާއްސަކޮށްގެން ޑިސެމްބަރުގައި ކުޅުދުއްފުށީގައި އެ ތަނުން ބޭއްވި ކޭމްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ފެބްރުވަރީގައި އަލުން ކޭމްޕެއް ބާއްވަނީ ގިނަ ބަޔަކު އެދޭތީ ކަމަށެވެ.

"ޑިސެމްބަރު 5- 18 އަށް ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންގެ ފަރާތުން ހދ. ކުޅުދުއްފުށީ ނޫދޫނި ގެސްޓް ހައުސްގައި ދިވެހިބޭހުގެ މެޑިކަލް ކޭމްޕެއް ބާއްވައި ހއ. ހދ. އަދި ށ. އަތޮޅުގެ ވަރަށް ގިނަ ފަރާތްތަކަށް ދިވެހިބޭހުގެ ފަރުވާ ވަނީ ކޮށްދެވިފައެވެ. ނަމަވެސް މެޑިކަލް ކޭމްޕްގެ މުއްދަތު ހަމަވިއިރު ވެސް މި ދެންނެވި އަތޮޅުތަކުގެ ވަރަށް ގިނަ ފަރާތްތަކުން ނަން ނޯޓުކޮށް، މި ޚިދުމަތް ނުދެވި ތިބުމާ އެކު އިތުރަށް އެ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނާއި މި ޚިދުމަތް ހޯދުމަށް މިހާރުވެސް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ފެބުރުއަރީ 1- 14ގެ ނިޔަލަށް ހދ. ކުޅުދުއްފުށީގައި އިތުރު މެޑިކަލް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި މިހާރު ވަނީ ނަން ނޯޓު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ." އެ ސެންޓަރުން ބުންޏެވެ.

"ވީމާ މި މެޑިކަލް ކޭމްޕުން ޑޮކްޓަރަށް ދައްކައިގެން ދިވެހިބޭހުގެ ފަރުވާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ލަސްނުކުރައްވާ އަވަހަށް ނަން ނޯޓް ކުރެއްވުން އެދެމެވެ."

މި ކޭމްޕްގައި ފަރުވާ ދެވޭ ދާއިރާތައް

  • ރާއްޖެބަލީގެ ތަފާތު އުނދަގޫތައް
  • ނާރުގެ ބަލިތައް
  • ރުއްގަލުބޭސް (ކަށީގެ ބަލިތައް)
  • ގޭސްޓްރިކް މައްސަލަތައް
  • ފުރަގަސްފަރާތުގެ ބަލިތައް
  • ނޭވާލާ ނިޒާމުގެ ބަލިތައް
  • ކަރުންމަތީގެ ބަލިތައް
  • އަންހެނުންގެ ޚާއްސަ ބަލިތައް
  • ކުޑަކަމުދާ ނިޒާމުގެ ބަލިތައް
  • ހަމުގެ ބަލިތައް
  • ކުޑަކުދީންގެ ބަލިތައް
  • ޗިކަންގުންޔާ ފަދަ އެހެނިހެން ތަފާތު ބަލިތައް

މި ކޭމްޕުގެ އެޕޮއިންޓްމެންޓް ހެދުމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 9751170 އަދި، 7751170 ނަމްބަރަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *