Support Us

އިންޑިއާގައި ފަސް ބުރީގެ އިމާރާތެއް ވެއްޓި، އެތައް ބަޔަކު ޒަހަމްވެއްޖެ

އިންޑިއާގެ ހުޅަނގު މަހަރާޝްތުރަ ސްޓޭޓްގެ ރައިގާދް ޑިސްޓްރިކްޓުގައި ހުރި ފަސް ބުރީގެ އިމާރާތެއް ވެއްޓި، އެކަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައި، 60 މީހުން އިމާރާތުގެ ދަށުން ނެރެފައިވާއިރު އަދިވެސް ތިރީހެއްހާ މީހުން ހޯދިފައިނުވާ ކަމަށް އޮފިޝަލުން ބުންޏެވެ. އޮފިޝަލުން ބުނިގޮތުގައި މި ހާދިސާގައި މިހާތަނަށް އެކަކު މަރުވެ، ގިނަ ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.

އެ ސަރަހައްދުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި އަދަދުތައް އިތުރުވާނޭ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ. މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބު އަދި ހޯދިފައިނުވި ނަމަވެސް އިމާރާތް ވެއްޓުމުގެ ހާދިސާތަކަކީ އިންޑިއާގައި އާންމުކަމެކެވެ. އަދި އެފަދަ ގިނަ ހާދިސާތައް ހިނގަނީ ވިއްސާރަ މޫސުމުގައި އެވެ.

އޭ.އެފް.ޕީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުތެރޭގައި މޫސުންގޯސްވުމުގެ ސަބަބުން ދިމާވެފައިވާ ހާދިސާތަކުގައި 1200 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން 800 މީހުންނަކީ އިންޑިއާގައި ހިނގި ހާދިސާތަކުގައި މަރުވި މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *