ސުވައިން ފްލޫ ޖެހިގެން ލަންކާ ހޮސްޕިޓަލްގައި ތިން ދިވެހިން މަރުވެ އެތައް ބަޔަކު ސީރިއަސް ހާލުގައި ތިބި ކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގު މައުލޫމާތެއް ކަމަށް ލަންކާ ހޮސްޕިިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ ލަންކާ ހޮސްޕިޓަލަށް އެއްްވެސް މީހަކު ނުދިއުމަށާއި 200 އެއްހާ ދިވެހިން ބަލިވެގެން ލަންކާ ހޮސްޕިޓަލަށް ގެންގޮސް ޑަައިގްނޯސް ކުރިއިރު ސުވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެތިން މީހުން މަރުވެފައިވާއިރު 52 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކާ ގުޅިގެންނެވެ.
ލަންކާގައި ދިރިއުޅޭ އެތައް ބަޔަކަށް މި މެސެޖްގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުން ވެރިވެފައި ވަނިކޮށް، ލަންކާ ހޮސްޕިޓަލުން ނެރުނު ހާއްސަ އިޢުލާނެއްގައި ބުނެފައިވަނީ "ސުވައިން ފްލޫ ޖެހިގެން ލަންކާ ހޮސްޕިޓަލްގައި ބަޔަކަށް ފަރުވާ ދެމުން އަންނަ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް ތަފްސީލީ ބަޔާނެއް ނެރޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ގާތްގަނޑަކަށް 10 ހާހެއްހާ ދިވެހިން އެކިއެކި ބޭނުންތަކުގައި ލަންކާގައި ދިރިއުޅެމުން އަންނައިރު ބޭސްފަރުވާއާއި މި ނޫންވެސް އެކިއެކި ބޭނުންތަކަށް ވެސް ދިވެހިން ވަރަށް ގިނައިން ލަންކާ އަށް ގޮސް އައިސް އުޅެއެވެ.



advertisment