އެމްޑަބްލިއުއެސްސީން ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިންމައިލައިފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ކުމުންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއައީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި ފެނަކަ އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން އެރަށުގައި ފެންޕްލާންޓް ބަހައްޓާ އިމާރާތް ގާއިމްކޮށް، ފެނާއި ނަރުދަމާގެ މައި ނެތް ވޯޓް އަޅެޅުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާ އަޅާ ހޮޅިތައް ވަނީ ގުޅާލެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
"ފެން ރައްކާކުރުމަށް ތާނގީ ބެހެއްޓި ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވަނީ އަޅައިފަ،" އެމްޑަބްލިއުއެސްސީން ބުނެ އެވެ.
މީގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ ކަަމަށް އެ ކުންފުނިން ބުނެ އެެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 102.17 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.



advertisment

