Support Us

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަ ދެއެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުގެ މެމްބަރުންނާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ދެމުންގެންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، އެ ހަމަލާތަކުގައި އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާއަށް ވައިގެ ހަމަލާތައް ދޭން ފެށީ ގޮވާ ތަކެތި ހަރުކޮށްފައި ހުރި ހަމާއި ރޮކެޓުގެ ހަމަލާތަކެއް އިޒްރޭލުގެ ސަރަހައްދަކަށް ފަލަސްތީނުގެ ރައްޔިތުން ދިނުމުން ކަމަށެވެ. އަދި ޣައްޒާއާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހަމަނުޖެހުން ހިންގައި ބޮމާއި، ގޮވާތަކެތި ފަލަސްތީނު ރައްޔިތުން އުކާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.

އިޒްރޭލު އަސްކަރިއްޔާއިން މިހެން ބުނި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަމާސް ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުގެ އަސްކަރިއްޔާއިން ދެމުން ގެންދާ ހަމަލާތަކުގައި އާންމު ރައްޔިތުންގެ ގެތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނަނީ އެ މީހުން ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަމާސް ޖަމާޢަތުގެ މެމްބަރުން ހަރަކާތްތެރިވާ އިމާރާތްތަކަށް ކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އަދި ފަލަސްތީނު ރައްޔިތުން މަސްވެރިކަން ކުރާ ސަރަހައްދު މިއަދުން ފެށިގެން އެއްކޮށް ބަންދުކުރަން ނިންމާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މިއަދު ބުނެފަ އެވެ.

ދެހާސް ހަތްވަނަ އަހަރުން ފެށިގެން ޣައްޒާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުންދާއިރު، އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތައް އަމަލެއް ހިންގައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *