Support Us

"ޕިރަމިޑްތައް ހަދައިފައި ވަނީ "އޭލިއަން"ތަކެއްތޯ ޔަޤީންކުރަން އާދޭ"

މިސްރުގެ ޕިރަމިޑްތައް ހަދައިފައި ވަނީ "އޭލިއަން"ތަކެއް ވެގެން ކަމަށް އީލޯން މަސްކުން ޓްވީޓު ކުރުމާ ގުޅިގެން އެކަމުގެ ހަޤީޤަތް ހޯދަން މިސްރަށް އައުމަށް މިސްރުގެ ސަރުކާރުން އޭނާ އަށް ދައުވަތު ދީފި އެވެ.

"ހަމަ ޔަޤީނުންވެސް ޕިރަމިޑްތައް ހަދައިފައި ވަނީ އޭލިއަން ތަކެއް" މަސްކްގެ ޓްވީޓުގައި ވެއެވެ.
<


މިދިޔަ ހުކުރު ދުވަހު މަސްކް ކުރި ޓްވީޓަށް 540،000 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު އެ ޓްވީޓަށް ރައްދު ދެއްވައި، މިސްރުގެ އިންޓަރނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރ ރާނިޔާ އަލް މަޝަތު ވިދާޅުވެފައި ވަނީ އެ ޤައުމުގައި ބިނާކޮށްފައި ހުރި ޕިރަމިޑްތަކުގެ ހަޤީޤަތް ދިރާސާކުރުމަށް މަސްކަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި ޕިރަމިޑްތައް ބިނާކުރުމުގައި ހަރަކާތްތެރިވި މީހުންގެ ޒިޔާރަތްތައް ބަލާލުމަށް ވެސް އެ ކަމަނާ ވަނީ މަސްކްގެ ކިބައިން އެދިވަޑައިގެންފަ އެވެ. މި ދަޢުވަތު ޤަބޫލުކުރިކަން ހާމަކޮށްފައިނުވި ނަމަވެސް މަސްކް ވަނީ އެކަމާ ގުޅިގެން ފަހުން އެހެން ޓްވީޓެއް ކޮށްފަ އެވެ.

"’ދި ގްރޭޓް ޕިރަމިޑް' އަކީ 38،000 އަހަރު ވަންދެން އިންސާނުން ބިނާކޮށްފައިވާ އެންމެ ދިގު އިމާރާތް. ތިން ހާސް އަށް ސަތޭކަ އަހަރު. އެތަން ބިނާކޮށްފައިވާ ގޮތުގެ ޚުލާސާއެއް ބީބީސީގެ މި ލިޔުމުން ފޯރުކޮށްދޭ،" މި ޓްވީޓާ އެކު މަސްކް ވަނީ އެ ލިޔުމުގެ ލިންކެއް ވެސް ހިއްސާކޮށްފަ އެވެ.

މަސްކްގެ މި ޓްވީޓަކީ ސީރިއަސްކޮށް ނުވަތަ މަޖަލަކަށް ކުރި ޓްވީޓެއް ކަމެއް ޔަޤީން ކުރެވިފައި ނުވާއިރު، އޭނާ އަކީ މިފަދަ ބުއްދި ޤަބޫލުނުކުރެވޭ ފަދަ ޓްވީޓުތައް އާންމުކޮށް ކޮށްއުޅޭ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *