Support Us

ކޮރަޕްޝަން

ސިޔާސީ ދާއިރާގައި ކޮރަޕްޝަނަކީ ބަލައިގެންފައިވާ އާދައެކެވެ.

އޭގެ އެހީތެރިކަމާ ނުލައި މީހަކަށް ބޮޑު ބާރެއް ލިބޭކަށްނެތެވެ.

ޑިމޮކްރެސީ އެދެނީ ސިކުނޑިތައް ދެފުށަށް ކެނޑި ކެނޑި ތިބޭށެވެ.

އިސްލާޙީ މަސައްކަތުގެ ހުރިހާ ގުނަވަނެއްވަނީ ވަކިވަކިން ބުރިކޮށްލެވިފައެވެ.

ފަހަރެއްގައި އިސްތިބްދާދީ ވެރިކަމެއްގައި ކޮރަޕްޝަން މިއަށްވުރެ ގޯސްވެދާނެއެވެ.

އެއްވެސް އަޅައިލުމެއް އަދި ހުއްޓުމެއްނެތި ކޮރަޕްޝަންގެ ވަބާ ދެމިގެންދެއެވެ.

ވެރިމީހާއަކީ ތަޤްވާވެރި އަދި ދުޢާދެއްވާފައިވާ މީހަކު ކަމުގައިވިޔަސް މެއެވެ.

ވަރަޢަވެރި އަދި ރަނގަޅު މީހަކަށް މި ބަލާއިން ޤައުމު ސަލާމަތް ކުރެވިދާނެއެވެ.

ކޮންމެ ޤައުމެއްގައިވެސް އެއްވެސް ކިލަނބުކަމެއްނެތް ފަހުލަވާނުން ތިބޭނެއެވެ.

ކަންކަން ރަނގަޅު ކުރަން އެދޭ ބަޔަކަށް ގިނަދުވަހު ވެރިކަމަކު ނުތިބެވޭނެއެވެ.

ކޮރަޕްޝަން އަބަދުވެސް ބަލަބަލައި އޮންނާނީ އެފަދަ ދަނޑިވަޅަކަށެވެ.

އެފަދަ މީހުންގެ ހަކަތަ ހުސްވާ ހިސާބުން ކޮރަޕްޝަން މޫލައިހެދޭނެއެވެ.

މިކަން ބިނާވެގެންވަނީ ކޮރަޕްޝަންގެ ޠަބީޢަތާއި އޭގެ ޒާތުގެ މައްޗަށެވެ.

ފަހަރެއްގައި ޤައުމެއްގައި ބޮޑުކޮށް ނުވަތަ ކުޑަކޮށް ކޮރަޕްޝަން އޮވެދާނެއެވެ.

އަދި އަބަދުވެސް ޤާނޫނުގެ ނިވަލުގައި މި އާފާތް ދެމިއޮންނާނެއެވެ.

މިޅެމުގައި އެއްވެސް ކުލައެއް، ރަހައެއް، އަދި އަޑެއްނުވެއެވެ.

އޭގެއިން އަލިކަމެއް ފޯރުކޮށްނުދޭ ޅެމެއް ޅެމަކަށް ވާނެހެއްޔެވެ؟

އާންމު އާދައިގެ މީހާއަށް އެއްވެސް މާނައެއް ދޭހައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *