Support Us

ބީ.އެމް.އެލް އެޕުން އަނެއްކާ ވެސް "ޑައުން ފޮރ މެއިންޓަނަންސް"

16:15

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޮންލައިން ބޭންކިންގެ ހިދުމަތް މެދުކެނޑި، އެޕުން އަނެއްކާ ވެސް "ޑައުން ފޮ މެއިންޓަނަންސް" އަރައިފިއެވެ. މިއަދު މެންދުރުން ފެށިގެން މި މައްސަލަ ކުރިމަތިވެފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ.

ބައެއް މީހުން ބުނި ގޮތުގައި މިއަދު މެންދުރު 12 ޖެހީއްސުރެ އެ މީހުންގެ ފޯނުން ފުރަތަމަ ދެއްކީ "ކާންޓް ކަނެޓް ޓު ސަރވަރ" (ސަރވަރަކަށް ނުވަދެވޭ) ކަމަށެވެ. ނަމަވެސް މިހާރު ދައްކަނީ "ޑައުން ފޮ މެއިންޓަނަންސް" ކަމަށެވެ.

މި ކަމާ ގުޅިގެން ބީ.އެމް.އެލް އިން އަދި ވަކި އެއްޗެއް ނުބުނެއެވެ.


"މިއީ ދެން ކިހާ ދެރަ ކަމެއް. ޓިކެޓެއް ނަގަންވެގެން މިއަދު މެންދުރު 12 ނުޖަހަނީސްސުރެން ފެށިގެން މި އުޅެނީ ބީ.އެމް.އެލް އެޕަށް ނުވަދެވިގެން. ފައިސާ ޓްރާންސްފަރ ނުކުރެވިގެން އެންމެ ފަހުން ޖާގަވެސް ގެއްލިއްޖެ،" އަދިވެސްއާ މައުލޫމާތު ހިއްސާކުރި އޭނާ ޝަކުވާކުރިއެވެ.

"އަދިވެސް" އިން ބެލި ބެލުމުގައި ވަރަށް ގިނަ ފޯނުތަކަކަށް މިއަދު މި މައްސަލަ ވަނީ ކުރިމަތިވެފައެވެ.


ބީ.އެމް.އެލްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބީ.އެމް.އެލްގެ އިހުމާލުން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތް ދާދި ފަހުން ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *