Support Us

ރީތިވާ ސާމާނަށް ޚާއްސަ "ފްރެގްރެންސިއާ" ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި ރީތިވާ ސާމާނު އަތްފޯރާ ފަށަށް ގެނައުމަށް "ފްރެގްރެންސިއާ"ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފިއެވެ.

ނިރޮޅުމަގުގެ 2 ނަންބަރު ގޯޅީގައި ހުޅުވި ފްރެގްރެންސިއާއަކީ މެދުފަންތިއަށް ޚާއްސަކުރެވިފައިވާ ކޮސްމެޓިކްސްގެ ބާވަތްތަކަށް ހިމެނޭ ފިހާރައެކެވެ. މި ފިހާރައިން ސެންޓާއި ފެންވަރާ ބާވަތްތަކާއި ރީތިވާ ސާމާނު ލިބެން ހުންނާނެ ކަމަށް އެ ފިހާރައިގެ އޮފިޝަލަކު ބުންޏެވެ.

ފްރެގްރެންސިއާއަކީ ސާފުތާހިރުކޮށް އަދި ރީތިކޮށް ތިބުމަށް ބޭނުންވާ ޓޮއިލެޓްރީސް އާއު ކޮސްމެޓިކްސްގެ ބާވަތްތައް އަތްފޯރާ ފަށުގައި ފޯރުކޮށްދޭނެ ފިހާރައެއް ކަމަށް އެ ތަނުން ބުނެއެވެ.