Support Us

ބޮޑު ލުޔެއް: މިރެއިން ފެށިގެން ކަރފިއު އުވާލައިފި

ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލޭ ސަރަހައްދުގައި ހިންގަމުން އައި ކަރފިއު، މިރެއިން ފެށިގެން އުވާލައިފިއެވެ.

"…މި ހިނދުން ފެށިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 59/2020 (7 ނޮވެންބަރު 2020) އެންގުމުގެ 1 ވަނަ ނަންބަރު (މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން) ބާޠިލުކޮށްފީމެވެ." ޑިރެޖްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައުމޫނާ އަބޫބަކުރު މިރޭ ނެރުއްވި އިއުލާނެއްގައިވެއެވެ. "މި ފިޔަވަޅުތަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 59/2020 (7 ނޮވެންބަރު 2020) އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި ލުއިތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެ ކަމަށް އަންގަމެވެ."


އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑަށް އިއްޔެ ޕޮޒިޓިވްވީ 26 މީހުންނެވެ. އެއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ނެގި 2،870 ސާމްޕަލްގެ ތެރެއިންނެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 553 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ތިބީ 47 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 13،444 މީހުންނަށް ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 12،836 މީހުން ވަނީ ރަނގަޅުވެފައެވެ. ކޮވިޑްގައި ރާއްޖެއިން މިހާތަނަށް މަރުވީ 48 މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *