Support Us

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު ކޮފީތަށި ރެސްޓޯރަންޓް ހުޅުވައިދެއްވަނީ

ދިވެހި ރަހަތަކާ އެކު ކޮފީތަށި ރެސްޓޯރަންޓް ހުޅުވައިފި

ދިވެހި ރަހަތަކާއި ދިވެހިންގެ ޚިދުމަތްތަކާ އެކު ކޮފީތަށި ރެސްޓޯރަންޓް ރޭ ހުޅުވައިފިއެވެ.

ކޮފީތަށި ރެސްޓޯރަންޓް ހުޅުވައިދެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފެވެ. މި ހަފްލާގައި މަހުލޫފްގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮފީތަށި ރެސްޓޯރަންޓަކީ 198 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ. އެ ރެސްޓޯރަންޓުގެ ވެރިޔާ އަބްދުﷲ އަފީފު ބުނީ އެ ރެސްޓޯރަންޓުން ދިވެހި ރަހަތަކާ އެކު ދިވެހިންގެ ހިތްހެޔޮ ހިދުމަތް ލިބިގެންދާނެ ކަމަށާއި އެ ރެސްޓޯރަންޓުގައި ހިދުމަތް ދޭން ތިބޭނީ ދިވެހި ޒުވާން ހިތްހެޔޮ މުވައްޒަފުން ކަމަށެވެ.

ކޮފީތަށި ރެސްޓޯރަންޓް ހުންނަނީ އޯކިޑްމަގު، ޖަސްޓިސް ބިލްޑިންގު ކުރިމަތިން ހުންނަ މ. އައިރިސްގައެވެ.