Support Us

ބައްޕާފުޅުގެ ދިފާއުގައި ޣައްސާން! މިި ފަހަރު އަނދުން ހުސެއިން އަށް ވަރުގަދަ ރައްދެއް

"ތެދެއް ވާނަމަ، ސަރުކާރުން އެކަން ގާނޫނީ ގޮތުން ބައްލަވަންވީނޫންތޯ؟"

މީގެ އަހަރުތަކެއް ކުރިން މާފުށީ ޖަލުގައި މީހުންތަކެއް މަރާފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންގެ ބައްޕާފުޅުގެ އޯޑަރަށް ކަމަށް، ރައްޔިތުންގެ މަޖިލިސްގެ އެމް.ޑީ.ޕީ މެމްބަރު ހުސެއިން ޝަހީމު (އަނދުން ހުސެއިން) ވިދާޅުވުމުން، ބައްޕާފުޅުގެ ދިފާއުގައި ޣައްސާން ނުކުންނަވައި ރައްދު ދެއްވައިފިއެވެ.

ޓްވީޓަރގައި މި ޒުވާބެއް އުފެދުނީ ކޮރަޕްޝަނާ ގުޅުން ހުރި ސިއްރު މައުލޫމާތެއް ސަރުކާރަށް ފޯރުކޮށްދިން ޒުވާނެއްގެ މައުލޫމާތު، ގާނޫނާ ޚިލާފަށް ސަރުކާރުން ހާމަކުރި ކަމަށް ވިދާޅުވެ، އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ޣައްސާނު މިއަދު ޓްވީޓެއް ކުރެއްވުމުންނެވެ. އެކަމަށް ރައްދު ދެއްވައި، ފޮޓޯތަކާއެކު އަނދުން ހުސެއިން ވަރަށް ހުތުރުބަހުން ވިދާޅުވެފައި ވަނީ ޣައްސާނުގެ ބައްޕާފުޅުގެ އޯޑަރަށް ޖަލުގައި މެރި މީހުންތަކުގެ ފޮޓޯތައް ފެނިވަޑައިނުގަންނަވާތޯއެވެ؟


އަނދުން ހުސެއިންގެ އެ ޓްވީޓަށް އަނެއްކާ ޣައްސާނު ރައްދުދެއްވައި ވިދާޅުވި އެވެ. "ތިޔައީ ދޮގެއް. މިއީ އެމް.ޑީ.ޕީ ވެރިކަމަށް އައި ދެވަނަ ފަހަރު. ތިޔަބޭފުޅުންނަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުން ކަމަށް އަމިއްލަޔަށް ދައުވާ ކުރައްވާ ބޭފުޅުން. ތިޔަ ތުހުމަތުތަކުގެ ފަހަތުގައި ޒައްރެއްގެ މިންވަރަށް ވެސް ތެދެއް ވާނަމަ، ތިޔަ ޕާޓީން އަދި ތިޔަ ބޭފުޅުންގެ ސަރުކާރުން އެކަން ގާނޫނީ ގޮތުން ބައްލަވަންވީނޫންތޯ؟"

ޣައްސާނުގެ މި ޓްވީޓަށް އަނދުން ހުސެއިންގެ ޖަވާބެއް އަދި ނާދެއެވެ.

ޣައްސާނަކީ ރައީސް މައުމޫންގެ ހަގު ދަރިކަލުން ކަމަށް ވިޔަސް، ސިޔާސީ ގޮތުން ދެބަފައިންގެ ޚިޔާލު ވަރަށް ތަފާތެެވެ. ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނަކީ ޕީޕީއެމްގެ ނައިބު ރައީސެވެ. ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައި، ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި މުހިންމެ ރޯލެއް ކުޅުއްވި ޣައްސާނަކީ، އޭނާގެ ބައްޕާފުޅާއި ޔާމީނާ ދެމެދު އުފެދުނު ސިޔާސީ އަދި އާއިލީ ބައިބައިވުމުގައި، ރައީސް ޔާމީން ފަޅީގައި ދެގޮތެއް ނެތި އަދިވެސް ހުންނެވި ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ރާއްޖޭގެ އަދުއޮތް ނުރަނގަޅު ހާލަތަށް ދިޔުން ފެށުނީ ރައީސް މައުމޫނުގެ ވެރިކަމުގައި. 1978އަހަރާ ހަމައަށް ރާއްޖޭގެ ޝަރުއީ ނިޒާމަކީ އާންމު ރައްޔިތުން އިތުބާރުކުރި ނިޒާމެއް. ދޮގު ހެއްކާއި ރިޝްވަތު އޭރަކު ޝަރުއީ ނިޒާމުގެ ތެރެއަށް ނުވަދޭ. މިފަދަ ފަސާދައިގެ އަމަލުތައް ފެށުނީ ރައީސް މައުމޫނުގެ ސަރުކާރުގެ ދުވަސްވަރު. އާއިލީ މީސްމީހުން ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލުމުން. ޑުރަގު މައްސަލަ އާންމުވީ ވެސް ހަމަ އެ ދުވަސް ވަރު. އެފަދަ މައްސަލަތަކުގައި ޝާމިލުވީ އާއިލީ ގުޅުން ހުރި މީސްމީހުންނާއި އާއިލީ މީހުންގެ ރައްޓެހިންނަށް ފިޔަވަޅު ނޭޅުމުން. ސަރުކާރުގެ އިދާރާތަކުގައި ފަސާދައިގެ އަމަލުތައް އަށަގަނެ އާންމުވީ ވެސް ހަމަ ރައީސް މައުމޫނުގެ ދުވަސްވަރު. މިކަން އެންމެ ވަރުގަދައަށް ފެތުރުނީ އެސް.ޓީ.އޯގެ ތެރެއިން. އަނެއްކާވެސް، ބުނަން ޖެހެނީ އާއިލީ މީސްމީހުން ބޭނުން ގޮތަކަށް ކަންތައް ކޮށްލަން ދޫކޮށްލުމުން. މިއީ ވަކިކޮޅަކަށް ނުޖެހި ރަނގަޅަށް ދިރާސާކުރެވެން ޖެހޭނޭ މައްސަލަ މައްސަލަ. ހިތާމައަކީ އެދުވަސް ވަރުގެ ގިނަ ރެކޯޑުތައް ވެސް ނައްތާލުމަށް ސީދާ ރައީސް އޮފީހުން އަންގައިގެން އެކަން ކުރެވުނީ.
    ދެން އޮތީ ޑިމޮކުރަސީގެ ވާހަކަ. އެއްވެސް ޕާޓީއަކީ އަދި އެއްވެސް ރައީސަކީ އެ މީސްމީހުންގެ އަމަލުތައް ދައްކާގޮތުގެ މައްޗަށް ބަލާއިރު ޑިމޮކުރަސީ އުސޫލަށް ތަބާވާ ބައެއް ނޫން. އާއިލާއާއި ދީނާއި ޑިމޮކުރަސީއާއި ހުރިހާ ކަމެއް ވެސް ބޭނުންކުރެވެނީ ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވުމުގެ ވަސީލަތަކަށް. ދެން އެއަށް ފަހު، އެމީހަކު ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންދާ ތަން މިހާރު ވެސް ފެންނަނީ. ދެން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ އުނިކަން ފޫބައްދަން މިނަގަނީ ކުރީގެ ބަޔެއްގެ ވާހަކަ. އެއްވެސް ބަޔަކު، ގައުމަށް ހެޔޮ އެދިގެން ގައުމާއިގެ ކުރިއަށްދާ ތަން ނުފެނޭ. ޚާއްސަ ގޮތެއްގައި މި ވޭތުވެ ދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި. ގައުމަށް ކޮށްދޭ ކަމެއް ކޮށްދެނީ ތިމާ އަދާ ކުރަން ޖެހޭ ވާޖިބެއްގެ ގޮތުގައެއްނޫން. ބޮޑެތި މުސާރަތަކާ އެހެނިހެން ފައިދާތައް ނަގައިގެން ތިބެ، ސަލާންޖަހާ މީހަކަށް ދިއްކޮށްލާ އެއްޗެއް ފަދައިން، ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވައި، ވެރިކަމުގައި ތިބި ބަޔަކު އެމީހުން ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ހޯދައި އެ ފުރުސަތު ދެމިއޮތުން އެދިގެން. މިހާރު މިފެންނަނީ މިކަމުގެވެސް އިންތިހާ. ގައުމުވެސް، ވިއްކާލުން އެންމެ ރަނގަޅުކަމުގައި. މިހާރުގެ ވެރިކަމުގެން، ގައުމު ދެކެނީ ކަސްބީ އަންހެނެއްގެ ގޮތުގައި. ވެރިކަން ދެމެހެއްޓުމަކަށްޓަކައި އޭނާގެ ބޭނުން ހިތު ހުރި ގޮތެއްގައި ކުރުމަށްޓަކައި ބޭރުބަޔަކަށް ދީފައި އެ އޮތީ. ތަފާތަކީ ކަސްބީ އަންހެނަކަށް ކޮންމެވެސް މާއްދީ ފައިދާއެއް ލިބޭ. ނަމަވެސް، މިހާރު އޮތް ގޮތުން، ކަސްބީ އަންހެނެއްގެ ބައި ރާއްޖެ އަދާކުރާއިރު، އޭނާގެ ބޭނުންކުރަން ފައިސާ ވެސް ދޭންޖެހެނީ އޭނާއަށް!!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *