...

Support Us

ވަންޕްލަސްއިން ސްމާޓް ގަޑިއެއް އުފައްދަނީ

ސްމާޓްފޯން އުފައްދާ ކުންފުންޏެއް ގޮތުގައި އޮތް އޮތުން – އެ ގޮތުދައި ދަމަހައްޓައި – އެ އަށް ވުރެ ކުންފުނި ފުޅާކުރަން ވަގުތު ކުޑަތަންވެއްޖެ ކަމަށް ވަންޕްލަސްއިން ބުނެފި އެވެ. ވަންޕްލަސްގެ މި ބުނުމަކީ، ކުންފުނީގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުކޮށް – ތަފާތު އުފެއްދުންތަކަށް ކުންފުނި ތައްޔާރު ކަމަށް ކުރި އިޝާރާތެކެވެ.

ވަންޕްލަސްއިން މިހެން ބުނިއިރު، ވަންޕްލަސްއިން ދެން އުފައްދާނެ އާލާތަކާ މެދު ބަހުސެއް ވެސް ނެތެވެ. އެއީ ސްމާޓް ގަޑިއެކެވެ. ވަންޕަލްސްއިން ސްމާޓް ގަޑިއެއް އުފައްދާ ކަމަށް ސީދާ ނުބުނި ނަމަވެސް، އެކަން އޮތީ ކަށަވަރުވެފަ އެވެ.

ވަންޕްލަސް 8ޓީ އެނައުސްކުރަން ބޭއްވި އޮންލައިން ހަފުލާގައި – އެނައުންސަރުގެ ފަހަތުގައި ހުރި ވީޑިއޯ ސްކްރީނުން – ވަންޕްލަސް ސްމާޓް ގަޑިއެއްގެ ކުރެހުންތަކަށް އަލިއަޅުވާލައި އިޝާރާތްތަކެއް ކުރި އެވެ. އެނައުންސަރު ވެސް ސްމާޓް ޑިވައިސްތަކެއްގެ ވާހަކަ ދެއްކި އެވެ.

ވަންޕްލަސްއިން 2015 ގައި ވެސް ސްމާޓް ގަޑިއެއް އުފައްދަން މަސައްކަތްތަކެއް ކުރި އެވެ. އެ ފަހަރު، ޕްލޭން ބަދަލުވީ ކަމަށް ބުނެ މަސައްކަތްތައް ވަނީ މެދުކަނޑާލާފަ އެވެ. އެއީ ހަގީގަތުގައި މެދުކަނޑާލުމެއް ނޫނެވެ. ވަންޕްލަސް ބޭނުންވި ފެންވަރަށް ޑިޒައިން މަރުހަލާގައި މަސައްކަތްތައް ނުހިނގީ އެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި "ސްމާޓް ހޯމް" ޓެގްލައިން އަށް ނިސްބަތްކުރެވޭ އާލާތްތައް އުފެއްދުމަކީ ވެސް އެޖެންޑާގެ ބައެކެވެ. ސްމާޓްފޯން ނޫން ޑިވައިސްތަކެއް ވެސް ކުންފުންޏަށް ނިސްބަތްވާން ޖެހޭ ކަމަށް ވަންޕްލަސްއިން އެ ބުނަނީ، ސްމާޓް ހޯމް ޑިވައިސްތަކުގެ ވާހަކަ އެވެ އެއީ ސްމާޓް އައިސްއަލަމާރި، ސްމާޓް ދޮންނަ މެޝިން އަދި ސްމާޓް އަވަން ފަދަ އާލާތްތަކެވެ. ވަންޕްލަސްއިން މިހާރު ސްމާޓް ޓީވީ އުފައްދަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *