Support Us

އައިފޯން 12 އަށް 5ޖީ ޓެކްނޮލޮޖީ

އެޕަލް އަކީ ސްމާޓް އިލެކްޓްރޯނިކްސް އަށް ފަރިތަ ކުންފުންޏެކެވެ. ޒާތަކީ އަވަސްކުރުމެއް ނޫނެވެ. ދެކޮޅު ބެލުމެވެ. އައިފޯނަށް 5ޖީ ގެނައުމުގައި ވެސް އޮތީ މި ސިފަ އެވެ.

އައިފޯން 12 ތައާރުފުކުރީ 5ޖީ ޓެކްނޮލޮޖީ ހިމަނައިގެންނެވެ. އެޕަލް އިން މިކަން ކޮށްފައި ވަނީ ނަމަކަށް ނޫނެވެ. އައިފޯން 12 އަކީ ސްމާޓްފޯން އުފައްދާ ކުންފުންޏަކުން މިހާތަށް ނެރުނު އެންމެ ބާރުގަދަ 5ޖީ ސްމާޓްފޯނެވެ.

އައިފޯން 12 ގައި 5ޖީ ހުރިހާ ބޭންޑްތަކެއް ހިމަނާފައި ވެ އެވެ. މާނަ އަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައި 5ޖީ ނެޓްވޯކެއް އޮޕަރޭޓްކުރި ނަމަވެސް، އެ ތަނެއްގައި އައިފޯން 12 ބޭނުންކުރެވޭނެ ކަމެވެ. 5ޖީ އަށް ކަނޑައަޅާފައި ހުރި ހުރިހާ އެންޓަނާއަކުން ސިގްނަލް ނެގުމުގެ ކުޅަދާނަކަން އައިފޯން 12 ގައި ހުރި ކަމެވެ.

އެޕަލް އިން އައިފޯން 12 އަށް 5ޖީ ދީފައި ވަނީ ބައްރުތަކަށް ބަލައިގެންނެވެ. އައިފޯން 12ގެ އެންމެ ބާރުގަދަ މޮޑެލްތައް ޚާއްސަކޮށްފައި ވަނީ އެމެރިކާ އަށެވެ. އިންޓަނޭޝަނަލް މޮޑެލްތަކުގައި ހުރިހާ މޮޅެއް ނެތެވެ. 5ޖީ ތަޖުރިބާކުރުމުގައި ވެސް މި ތަފާތު ފެންނާނެ އެވެ. މިއީ ގައުމުތަކަށް 5ޖީ ތައާރުފުކުރަމުން އަންނަ ނިސްބަތަށް ބަލައި ހަމަޖައްސާފައި ވާ އުސޫލެކެވެ.

ގައުމުތަކުގައި 5ޖީ ނެޓްވޯކް އަޅަމުން ދަނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެއީ "ލޯބޭންޑް"، މިޑްބޭންޑް" އަދި "ހައިބޭންޑް" އެވެ. މިއިން ކޮންމެ ބޭންޑަކުް 5ޖީ ޚިދުމަތް ދިން ނަމަވެސް އެއީ 5ޖީ ނެޓްވޯކެކެވެ. މިކަމުގައި އޮތް ތަފާތަކީ ސްޕީޑެވެ. އަނެއް ތަފާތަކީ ނެޓްވީކް ސިގްނަލް ލިބޭ ދުރުމިނެވެ.

އެޕަލް އިން އައިފޯން 12، ބައްރުތަކަށް ބަހާލައިރު، 5ޖީ "ހައިބޭންޑް" ޚިދުމަތް ލިބެން ނެތް ނަމަ، އެ ބަރުތަކުގައި ވިއްކަން ދޫކުރާ ފޯނުތަކުގައި ހައިބޭނުންޑުން ސިގްނަލް ނެގުމުގެ ކުޅަދާނަކަން ނުހިމަނަ އެވެ. އެއީ ފޯނު އަގުހެޔޮކުރުމަށެވެ. އެޕަލް އިން މިކަން އެންމެ ފުރަތަމަ ތަޖުރިބާކުރަނީ އެމެރިކާގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *