...

Support Us

ވައްކަން ކުރާނެ ގޮތް ޔޫޓިއުބުން ދަސްކޮށްގެން ދެ ބޭންކަކުން ވައްކަންކޮށްފި

އިންޑިއާގެ ވިޔަފާރިވެރިއަކު އޭނާގެ ދަރަނިތައް އަދާކުރުމަށް ފައިސާ ހޯދުމަށް، ވައްކަން ކުރާނެ ގޮތް ޔޫޓިއުބުން ދަސްކުރުމަށްފަހު، ދެ ބޭންކަކުން ވައްކަންކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އުމުރުން 25 އަހަރުގެ ސުމްޔަރަންޖަން ޖީނާ އަކީ އިންޑިއާގެ އަވަށެއް ކަމަށްވާ އޮޑީޝާއަށް ނިސްބަތްވާ ވިޔަފާރިވެރިއެކެވެ. އަދި އޭނާ ދެ ބޭންކުން 12 ލައްކަ ރުޕީސް ވަނީ ވަގަށް ނަގާފައެވެ.

މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި ޖީނާ އަކީ ހެދުން ވިއްކާ ފިހާރައެއްގެ ވެރިޔާއެވެ. އޭނާގެ ފިހާރައިން ސާރީއާއި، ފައިވާން އަދި ބޫޓު ފަދަ ތަކެތި ވިއްކައެވެ. ކޮވިޑް-19 ގެ ހާލަތުގެ ކުރިން އެ ފިހާރައިން މަހެއްގެ މައްޗަށް ޖީނާއަށް 9 ލައްކަ ރުޕީސް ލިބޭ ކަމަށްވެއެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން ޖީނާ އަށް ވަނީ ގެއްލުމާ ކުރިމަތިލާންޖެހި، ދަރަނިވެރިވެފައެވެ.

މިކަމުގެ ސަބަބުން ޖީނާ ބޭންކުން 19 ލައްކައިގެ ލޯނެއް ނެގިއެވެ. ނަމަވެސް މި ލޯނުން ވިޔަފާރި ސަލާމަތް ނުކުރެވި، ލޯނުވެސް ނުދެއްކި، ޖީނާ ވަނީ ހާލުގައި ޖެހިފައެވެ. އޭނާ ވައްކަން ކުރަން ނިންމީ މި ހިސާބުންނެވެ.

ފުލުހުންގެ އޮފިޝަލް ބުނިގޮތުގައި އިންޑިއަން އޯވަސީސް ބޭންކާއި ބޭންކް އޮފް އިންޑިއާ އިން ޖީނާ ވައްކަން ކުރީ ކުޅޭކުޅޭ ބަޑިއެއް ބޭނުންކޮށްގެންނެވެ. އޭނާއަށް މި ހިޔާލު ލިބުނީ ޔޫޓިއުބުންނެވެ.

"ކުށް ކުރި ފަރާތުން އިންޑިއަން އޯވަސީސް ބޭންކުން 12 ލައްކަ ރުޕީސް ވަގަށް ނެގީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު. އަދި ބޭންކް އޮފް އިންޑިއާގެ ބަރިމުންޑާ ބްރާންޗް އިން އޭނާ ވައްކަން ކުރީ ސެޕްޓެމަބަރު މަހުގެ 18 ވަނަ ދުވަހު،" ފުލުހުންގެ އޮފިޝަލް ބުންޏެވެ.

ބޭންކުން ފައިސާ ވަގަށް ނެގުމަށްފަހު، ޖީނާ ވަނީ އޭނާގެ ލޯނުން ބައެއް ދައްކާ ހަމަކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ކުޅޭކުޅޭ ބަޑިއާއި، 10 ލައްކަ ރުޕީސް އޭނާގެ އަތުން ވަނީ ފެނިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *