Support Us

ކޯޓަށް ދާނޭކަމުގެ އިންޒާރު ސުޝާންތްގެ އާއިލީ ވަކީލު ސީ.ބީ.އައި އަށް ދީފި

ސުޝާންތްގެ ފޮރެންސިކް ރިޕޯޓް ހެދުމަށް ޑޮކްޓަރުންގެ އެހެން ޓީމެއް ހަމަނުޖައްސާނަމަ، ކޯޓަށް ދާނޭ ކަމުގެ އިންޒާރު ފިލްމީ ތަރި ސުޝާންތް ސިންގްގެ އާއިލީ ވަކީލު ސީ.ބީ.އައި އަށް ދީފިއެވެ.

ދިއްލީގެ އޭ.އައި.އައި.އެމް.އެސްގެ ޑޮކްޓަރުންގެ ޓީމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ވިކާސް ސިންގް މިހެން ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ވިކާސް މިހެން ބުނެފައިވަނީ  ސުޝާންތްގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކޯޓުން ހަމަޖެއްސިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި ސުޝާންތްގެ މަރުގައި ރިއާގެ ބައިވެރިވުން އެބައޮތެވެ. އަދި ސުޝާންތްގެ އެކައުންޓުން 15 ކްރޯރު ރުޕީސް ނަގާފައިވާ ކަމުގެ ތުހުމަތުވެސް ރިއާއަށް ކުރެއެވެ.

އޭ.އައި.އައި.އެމް.އެސްގެ ރިޕޯޓާ ގުޅިގެން ވިކާސް ބުނިގޮތުގައި އޭގައި އިންސާފެއް ނެތެވެ.

"މިކަމާ ގުޅިގެން ސީ.ބީ.އައި އިން ފިޔަވަޅެއް ނާޅާ، އެ ޕެނަލްގެ ޑޮކްޓަރުން ބަދަލުކުނުކުރާނަމަ، އަހަރުމެން ކޯޓަށް ދާނަން. އަހަރުމެން ބޭނުމީ ރަނގަޅު ޑޮކްޓަރުންގެ ޓީމަކުން ބުނާ އެއްޗެއް ބަލަން. މިހާރު މިއޮތް ރިޕޯޓުގައި ނެތް އިންސާފެއް،" ސުޝާންތް މަރުވީ އަމިއްލައަށް ކަމަށް ޕެނަލްގެ އެންމެ އިސް ޑޮކްޓަރު ކަމަށްވާ ޑޮކްޓަރު ސުދީރް ގުޕްޓާ މީޑިއާގައި ބުނުމަކީ ސިއްހީ ދާއިރާގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް ސިފަކުރަމުން ވިކާސް ބުންޏެވެ.

"މިކަމުގައި ފިޔަވަޅު އަޅަންޖެހޭނެ. އިންޑިއާގެ މެޑިކަލް ކައުންސިލުންވެސް މި މައްސަލަ ބަލަންޖެހޭނެ. ޑޮކްޓަރ ގުޕްޓާއަށް ކޮން ހުއްދައެއްތޯ އޮތީ މީޑިއާ އަށް އަރާ ސުޝާންތް މަރުވީ އަމިއްލައަށް ކަމަށް ބުނުމުގެ؟ އެއީ ސީ.ބީ.އައި އިން ކުރަން ޖެހޭ ކަމެއް. މިހެންވެ ރިޕޯޓުގައި ހުރީ ތެދުތޯ ސުވާލު އުފެދޭ އަދި އެ ޓީމުގެ ގާބިލްކަމާ ބެހޭގޮތުންވެސް ސުވާލު އުފެދޭ." ވިކާސް ބުންޏެވެ.

ސުޝާންތް މަރުވެފައި އޮއްވާ ފެނުނީ ޖޫންމަހުއެވެ. އޭނާ މަރުވީ އަމިއްލައަށް ކަމަށް ފުރަތަމަ ފުލުހުން ހެދި ރިޕޯޓުގައިވެސް އަދި ފަހުން ސީ.ބީ.އައި އިން ހެދި ފޮރެންސިކް ރިޕޯޓުގައިވެސް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް