...

Support Us

ޕާކިސްތާނުގެ ޗާއިވާލާ މިހާރު ކޮބާ؟

ޗާއިވާލާގެ ނަމުން މަޝްހޫރުވި ޕާކިސްތާނުގެ އަރްޝަދް ޚާން އަނެއްކާވެސް އިންޓަނެޓުގެ ސަމާލުކަން ހޯދައިފިއެވެ. އޭރު އޭނާގެ ރީތިކަމަށް މަޝްހޫރު ވިނަމަވެސް، މިފަހަރު އެންމެންގެ ސަމާލުކަން އޭނާ ހޯދީ އަމިއްލަ ކެފޭއެއް އިސްލާމްއާބާދުގައި ހުޅުވުމުގެ ސަބަބުންނެވެ.

ޕާކިސްތާނަށް ނިސްބަތްވާ ނޫ ދެލޮލުގެ ވެރިޔާ 2016ގައި މަސައްކަތްކުރީ ސަންޑޭ ބާޒާރުގައި ސައި ވިއްކާ މީހެއްގެ ގޮތުގައެވެ. އަދި އޭނާ މަޝްހޫރުވީ ޖިއާ އަލީ ނަމަކަށް ކިޔާ ފޮޓޯގްރާފަރަކު އޭނާގެ ފޮޓޯ ނެގުމުންނެވެ. އަދި އޭރު ޓްވިޓަރގައި އޭނާގެ ރީތިކަމަށްޓަކައި މަޝްހޫރު ވެފައިވެއެވެ.

މި މަޝްހޫރުކަމުގެ ސަބަބުން އޭނާއަށް ފިލްމު ކުޅުމުގެ ފުރުސަތުތަކާއި މޮޑެލް ކުރުމަށްވެސް ފުރުސަތު ލިބުނެވެ. އަދި އޭރު ކޮންމެވެސް ވަރަކަށް އެކަމަށް އަރްޝަދް އިޖާބަދިން ނަމަވެސް އަނެއްކާވެސް އޭނާ މިވަނީ އިސްލާމްއާބާދަށް ބަދަލުވެ އަމިއްލަ ކެފޭއެއް ހުޅުވައިފައެވެ.

ޑެއިލީ ޕާކިސްތާން ނޫހުން ރިޕޯޓްކުރާ ގޮތުގައި އަރްޝަދުގެ ކެފޭއަށް ކިޔަނީ 'ކެފޭ ޗާއިވާލާ ރޫފްޓޮޕް' އެވެ. މި ކެފޭގެ މައިގަނޑު އެއްޗަކީ އެކި ވައްތަރުގެ ސައި ނަމަވެސް، ވިއްސަކަށް ބާވަތުގެ ކެއުން އެތަނުން ލިބޭ ކަމަށްވެއެވެ.

އަރްޝަދް ބުނި ގޮތުގައި މިހާރު އޭނާ އެންމެ އިސްކަމެއް ދޭން ބޭނުމީ މި ކެފޭއަށެވެ. ނަމަވެސް މިދުވަސްކޮޅު އޭނާގެ ވަގުތު ކެފޭއަށާއި އޭނަ ކުޅެމުންދާ ޓީވީ ޝޯ އަކާ ދެމެދަށް ބައިއަޅަންޖެހޭ ކަމަށް ބުންޏެވެ.

ކެފޭ ހުޅުވިކަމުގެ ހަބަރުތަކާއެކު އަރްޝަދަށް އަނެއްކާވެސް ސޯޝަލް މީޑިއާގެ ސަމާލުކަން ލިބެމުން ދެއެވެ. މިހާރު ގިނަ ބަޔަކު ވަނީ ޓްވިޓަރގައި އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *