Support Us

ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލައިފި

ފިލްމީ ތަރި ސުޝާންތް ސިންގްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ރިއާ ޗަކްރަބަތީ ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލަފިއެވެ.

ސެޕްޓެމްބަރު 8 ގައި ބަންދަށް ގެންދިޔަ ރިއާގެ ކަފާލާތް ހަމަޖައްސައިދިނީ ބޮމްބޭ ހައި ކޯޓުންނެވެ. ރިއާ މިގޮތަށް ދޫކޮށްލި ނަމަވެސް، ރިއާގެ ބޭބެ ޝޯވިކް ޗަކްރަބަތީ އަދިވެސް ހުރީ ބަންދުގައެވެ.

"ރިއާ އަކީ މަސްތުވާތަކެތި ގިނަ ބަޔަކަށް ފޯރުކޮށްދޭ ވިޔަފާރިއެއް ހިންގާ މީހެއް ނޫން. އަދި ސުޝާންތް ނޫން އެހެން މީހަކަށް މަސްތުވާތަކެތި ދިން ކަމުގެ ހެއްކެއް ނެތް. ވީމާ ކުށެއް ކުރުމުގެ ގަސްދެއް ނެތް ކަމަށާއި، އަދި ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުންނައިރު އިތުރު ކުށެއް ކޮށްފާނެ ކަމަށް ނުފެންނާތީ ކަފާލާތުގެ ދަށުން ދޫކޮށްލަން ހަމަޖެއްސީ." ބޮމްބޭ ހައި ކޯޓުގެ ގާޒީ ބުންޏެވެ.

ކަފާލާތުގެ ގޮތުގައި 1 ލައްކަ ރުޕީސް ދައްކަން ޖެހޭ ރިއާ އަށް އިތުރު ޝަރުތުތަކެއް ކޯޓުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން ރިއާގެ ޕާސްޕޯޓް އަތުލުމާއި، ކޮންމެ 10 ދުވަހަކުން މުމްބާއީ ފުލުހުންގެ އިދާރާއަށް ރިޕޯޓް ކުރުމާއި، ގައުމު ދޫކޮށް ނުދިޔުމާއި، ސުޝާންތްގެ މަރުގެ މައްސަލައިގެ އިތުރު ހެކިވެރިޔަކާއި ބައްދަލުނުކުރުމާއި، ގްރޭޓަރ މުމްބާއީ އިން ބޭރަށް ދަތުރު ކުރާނަމަ ރިއާއާ ހަވާލުވެ ހުންނަ އޮފިސަރަށް އެކަން އެންގުމާއި، ހަ މަސް ވަންދެން ކޮންމެ މަހެއްގެ އެންމެ ފުރަތަމަ ހޯމަ ދުވަހު އެން.ސީ.ބީ އަށް ރިޕޯޓް ކުރުމާއި، ކޯޓަށް ހާޒިރުވާން އަންގާ ދުވަސް ދުވަހު ކޯޓަށް ހާޒިރު ވުމާއި، އަދި މި މައްސަލައިގެ ތަހުގީގާ އެއްވެސް ވަރަކަށް ނުބެހުމަށް ވަނީ ޝަރުތުކޮށްފައެވެ.

މަހެއް ވަންދެން ހައްޔަރުގައި ހުރި ރިއާގެ އިތުރުން ކަފާލާތުގެ ދަށުން ދޫކޮށްލަން ހަމަޖެހުނީ ސުޝާންތްގެ މުވައްޒަފުން ކަމަށްވާ ދިޕޭޝް ސަވާންތާއި ސެމުއެލް މިރަންޑާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *