Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރިއާ އާއި އަދި އިތުރު އެހެން މީހުންގެ ބަންދުގެ މުއްދަތު މިއަދު ހަމަވާނެ

ބޮލީވުޑްގެ ތަރި ސުޝާންތް ސިންގްގެ މަރާ ގުޅިގެން އެން.ސީ.ބީ އިން ހައްޔަރު ކޮށްފައިވާ ރިއާ ޗަކްރަބަތީ އާއި އިތުރު 19 މީހެއްގެ ބަންދުގެ މުއްދަތު މިއަދު ހަމަވާނެއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ސުޝާންތްގެ ލޯބިވެރިޔާ ރިއާގެ އިތުރުން އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީވެސް ހިމެނެއެވެ.

ރިއާ އާއި ޝޯވިކް ހައްޔަރުކޮށްފައިވަނީ ސުޝާންތްގެ މަރުގެ މައްސަލައިގައި އޭނާއަށް މަސްތުވާތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައެވެ. މިކަމަށް ބާރު ލިބޭ ހެއްކަކީ ރިއާގެ ވަޓްސްއެޕް މެސެޖްތަކެވެ. މިގޮތުން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް އެކްޓް 1985 ގެ ދަށުން އެ ދެބެއިންގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެން.ޑީ.ޕީ.އެސް ކޯޓުން ވަނީ ހައްޔަރުކޮށްފައިވާ އެންމެން ކަފާލާތް ރައްދުކޮށްފައެވެ. މިކަމާ ގުޅިގެން ރިއާ އާއި އޭނާގެ ބޭބެ ބޮމްބޭ ހައި ކޯޓުގައި އެދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ދެކޮޅުހެދުމަށްފަހު، ކަފާލާތަށް އެދި ހުށައަޅާފައިވެއެވެ. ނަމަވެސް މިއެދުމާވެސް ކޯޓުން ވަނީ ދެކޮޅުހަދާފައެވެ.

މި މައްސަލައިގައި ރިއާގެ ވަކީލް، ސަތީޝް މަނެޝިންދް ބުނިގޮތުގައި ރިއާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ އެއްވެސް އޮއްޓަރެއް ހުރި ދައުވާތަކެއް ނޫނެވެ. އަދި ރިއާގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތި މީހުންނަށް ފޯރުކޮށްދިން ކަމުގެ ދައުވާ އަކީ އެންމެ ފަހަރަކު ރިއާގެ ބޭންކް ކާޑު ސުޝާންތްގެ ހައުސް މެނޭޖަރަށް ދިނުމުން އެ ކާޑު ބޭނުންކޮށްގެން މަސްތުވާ ތަކެތި ގަނެފައިވާތީ ކޮށްފައިވާ ދައުވާއެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ސުޝާންތަކީ ރިއާ އާއި ދިމާވުމުގެ ކުރިންވެސް މަސްތުވާ ތަކެތި ބޭނުންކުރި މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

މަސްތުވާތަކެއްޗަށް ހޭދަކޮށްފައިވާ މިންވަރަކީ ކުޑަ މިންވަރެއް ކަމުން ރިއާ ޗަކްރަބަތީ، ޝޯވިކް ޗަކްރަބަތީ، މިރާންޑާ، ދިޕޭޝް ސަވާންތް އަދި ޕަރިހާރް އަށް ވެސް ކަފާލާތަކީ ލިބެންޖެހޭ ހައްގެއް ކަމަށްވެސް ސަތީޝް ބުނެފައިވެއެވެ.

މިއަދު އެ އެންމެންގެ ބަންދު މުއްދަތު ހަމަވިކަމުގައި ވީ ނަމަވެސް، ކުރިން ކޯޓުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އަނެއްކާވެސް އެންމެންގެ ބަންދުގެ މުއްދަތު އިތުރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *