...

Support Us

ދަރި މަރުވުމުގެ ސަބަބުން ހިތާމަކުރި ބޮޑުމަސް އަނެއްކާވެސް ވިހައިފި

މަރުވެފައިވާ ދަރި ބުރަކަށިމައްޗަށް ލައިގެން 2018ގައި ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވަންދެން ހިތާމަކުރި ޓަލެކުއާ އަނެއްކާ ވެސް ވިހައިފިއެވެ.

ޖޭ35 ގެ ނަމުން ސައިންސުވެރިން ނަންދީފައިވާ މި ބޮޑުމަސް ވިހެއީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. އަދި ފޮޓޯގްރާފަރު ސާރާ ހައިސޮންގް 22 ސެޕްޓެމްބަރުގައި ނަގާފައިވާ ފޮޓޯ ތަކުން އެއީ ފިރިހެން މަހެއްކަން ކަށަވަރުވެއެވެ.

މީގެ ދެ އަހަރު ކުރިން ޓަލެކުއާ ކުރި ހިތާމައިގައި މުޅި ދުނިޔެއިން ވަނީ ބައިވެރިވެފައެވެ. އޭރު ޓަލެކުއާގެ ދަރި މަރުވުމުން ދޫކޮށްނުލާ، ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވަންދެން ބުރަކަށި މަތީގައި އެސޮރު ބާއްވައިގެން އުޅުނެވެ. އެހެންކަމުން ޓަލެކުއާ އަނެއްކާ ބަނޑުބޮޑުވެ، ވިހެއި ވާހަކައަކީ ޖަނަވާރުން ދެކެ ލޯބިވާ ކޮންމެ މީހަކުވެސް އުފާކުރި ކަމަކަށް ވަނީ ވެފައެވެ.

ވޮޝިންގްޓަންގައި ހުންނަ ސެންޓަރ ފޯ ވޭލް ރިސާޗްއިން ބުނެފައިވާ ގޮތުގައި ޓަލެކުއާގެ ދަރީގެ ހާލު ރަނގަޅެވެ. އަދި އެއީ ފިރިހެން އެއްޗެއްކަން ޔަގީންވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އެންމެ ފަހުން އެ ދެމައިން ފެނިފައިވަނީ ޕޮއިންޓް ރޮބާޓްސް ކައިރިންނެވެ. އަދި އޭރު ޓަލެކުއާގެ ވަށައިގެން ދަރި ކުޅެ، ފުމޭތަން ފެނިގެންދިޔައެވެ.

"ޓަލެކުއާ ދަރި ނަގައި، ބުރަކަށިމަތީ ބާއްވާލީ، ދަރީގެ ދަށްބަނޑު ފެންނަ ގޮތަށް،" ދަރީގެ ޖިންސު އެނގުނު ފޮޓޯތައް ނެގި ސާރާ ބުންޏެވެ.

ޓަލެކުއާ އަކީ 72 ބޮޑުމަހުގެ ގްރޫޕެއްގައި ހިމެނޭ މަހެކެވެ. ޓަލެކުއާ އާންމުކޮށް ފެންނަނީ ކެނެޑާގެ ވެންކޫވަރ އައިލޭންޑް ކައިރިންނާއި، ޔޫ.އެސްގެ ވޮޝިންގްޓަން ކަނޑުގެ ސަރަހައްދުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *