Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތް ވަނީ މަރާލާފައި ނޫން ކަމަށް ފޮރެންސިކް ރިޕޯޓުން ނިންމައިފި

މަޝްހޫރު ބޮލީވުޑްގެ ތަރި ސުޝާންތް ސިންގަށް ޒަހަރު ދިން ކަމަށާއި ނުވަތަ ކަރުގައި ހިފާ މަރާލައިފައިވާ ކަމަށް އޭނާގެ އާއިލާއިން ކުރި ތުހުމަތުތަކަކީ ތެދެއް ނޫން ކަމަށް ފޮރެންސިކް ރިޕޯޓުން ނިންމައިފިއެވެ. މި ނިންމުމާއެކު ސީ.ބީ.އައި އިން ދެން ތަހުގީގު ކުރިއަށް ގެންދާނީ ސުޝާންތް އަމިއްލައަށް މަރުވި ސަބަބުތައް ހޯދުމަށެވެ. މިއީ އެންމެ ފުރަތަމަ ބިހާރުގެ ފުލުހުން ވެސް މި މައްސަލައިގައި ނިންމާފައިވާ ނިންމުމެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭ.އައި.އައި.އެމް.އެސްގެ ޓީމުން މިހާރު ވަނީ ސިއްހީ ގޮތުންނާއި ގާނޫނީ ގޮތުން ބޭނުންވާ ހެކިތައް ހުށަހަޅައި، މައްސަލަ ނިންމާލާފައެވެ. އަދި ސީ.ބީ.އައި އިން ވަނީ މި މައްސަލައިގެ ތަހުގީގަށް މި ރިޕޯޓުގެ ބޭނުންކުރުމަށްވެސް ނިންމާފައެވެ.

މި ރިޕޯޓުގައި ވާ ގޮތުން ދެން ސީ.ބީ.އައި އިން އަމާޒުކުރާނީ ސުޝާންތް އަމިއްލައަށް މަރުވި ސަބަބުތައް ހޯދުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެ އޭޖެންސީ އިން މީގެ ދެތިން ދުވަސް ކުރިން ބުނިގޮތުގައި މި މައްސަލައިގައި ނުފޮރުޅާ އެންމެ ގަލެއްވެސް ނޯންނާނެއެވެ. އެގޮތުން ސުޝާންތް ވަނީ މަރާލާފައި ކަމަށް ބުރަވެވޭ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައެއް ނެތެވެ. އެހެން ކަމުން މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ސުޝާންތް މަރާލި ކަމުގެ ހެއްކެއް ފެނިއްޖެނަމަ، އެ މައްސަލަ އަލުން ބަލަން ފަށާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ސުޝާންތް މަރުވީ އަމިއްލައަށް ކަމަށް ބިހާރުގެ ފުލުހުންގެ ފުރަތަމަ ރިޕޯޓުގައިވެސް ވެއެވެ. ނަމަވެސް ސުޝާންތްގެ އާއިލާއިންނާއި އޭނާގެ ވަކީލުގެ ބަސްތަކުގެ ސަބަބުން ސުޝާންތު ވަނީ މަރާލާފައިތޯ ތަހުގީގު ކުރުމަށް ސީ.ބީ.އައި އަށް ޕްރެޝަރ ކުރިމަތިވީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *