...

Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތުގެ ނަން ހަޑިވާ ގޮތަށް ބަޔާންތައް ނުދިނުމަށް ޝޭކަރް ސުމަން އެދެފި

މަޝްހޫރު ބޮލީވުޑްގެ ފިލްމީ ތަރި ސުޝާންތުގެ މަރުގެ މައްސަލައިގައި އެހެން ފިލްމީ ތަރިން ސުޝާންތްގެ ނަން ހަޑިވާ ފަދަ ގޮތްގޮތަށް ބަޔާން ނުދިނުމަށް ފިލްމީ ތަރި ޝޭކަރް ސުމަން އެދެފިއެވެ.

ޝޭކަރް ކުރި ޓްވީޓެއްގައި ބުނިގޮތުގައި މި ބަޔާންތަކަކީ އިންސާފުވެރި ބަޔާންތަކެއް ނޫނެވެ. އެއީ މަރުވެފައިވާ މީހަކަށް ދިފާއުގައި އެއްޗެއް ނުބުނެވޭނެތީއެވެ.

"މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައިގައި ސުވާލު ކުރި ހުރިހާ އަންހެނުންވެސް ބަޔާނުގައި ސުޝާންތަގެ ނަން ހަޑިކޮށްފައިވޭ. އޭނާއަކީ މަސްތުވާ ތަކެތި ބޭނުންކުރާ، އެއަށް ދެވިހިފާފައި ހުރި މީހެކޭ ބުނޭ. އަދި އޭނާގެ އަހްލާގާ މިޒާޖަށްވެސް ދެރަބަސް ބުނެފައި ހުރީ. މިއީ އިންސާފުވެރި ގޮތެއް ނޫން. އަދި ލާއިންސާނީ އަމަލެއް. މަރުވެފައި އޮތް މީހަކަށް އަމިއްލަ ދިފާއުގައި އެއްޗެކޭ ނުބުނެވޭނެ،" ޝޭކަރުގެ ޓްވީޓުގައި އޭނާ ލިޔެފައިވެއެވެ.

ސުޝާންތް މަރުވެފައި އޮއްވާ ފެނުނީ ޖޫން 14 ގައެވެ. އޭރު އޭނާގެ އުމުރުން 34 އަހަރެވެ. އޭނާ މަރުވުމާއެކު އޭނާގެ ބައްޕަ ވަނީ އޭރުގެ ސުޝާންތްގެ ލޯބިވެރިޔާ ކަމަށްވާ ރިއާ ޗަކްރަބަތީގެ އަތެއް ސުޝާންތްގެ މަރުގައި ވާ ކަމަށް ތުހުމަތުކޮށްފައެވެ. މިހާރު ރިއާ ވަނީ މި މަރާ މަސްތުވާ ތަކެއްޗާ ހުރި ގުޅުމުގެ ދަށުން އެން.ސީ.ބީއިން ހައްޔަރުކޮށްފައެވެ.

ރިއާ ހައްޔަރުކުރުމުގެ ކުރިން ޓީވީއަށް ދިން އިންޓަވިއުއެއްގައި ސުޝާންތަކީ މެރުއާނާ ބޭނުން ކުރާ މީހެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެކަމަކީ އޭނާ ރިއާ އާއި ދިމާވުމުގެ މާ ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައިވެއެވެ.

"އަހަރެން ސުޝާންތްގެ ހަޔާތުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރީ ހަމައެކަނި މަސްތުވާ ތަކެތި ބޭނުންކުރާ ބައި. އޭނާ އަކީ މިނިވަނެއް އަދި އެއްވެސް މީހަކަށް އޭނާއެއް ނުހުއްޓުވުނު." ރިއާ ބުނެފައިވެއެވެ.

އެން.ޑީ.ޓީ.ވީ އިން ރިޕޯޓް ކުރާ ގޮތުގައި ރިއާ އޭނާގެ ކަފާލާތަށް އެދި ހުށައެޅި ހުށަހެޅުމުގައި މަސްތުވާ ތަކެތި ބޭނުންކުރީ ހަމައެކަނި ސުޝާންތް ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ މުވައްޒަފުން ލައްވާ އޭނާއަށް މަސްތުވާތަކެތި ހޯދާ ކަމަށްވެސް ބުނެފައިވެއެވެ.

"ސުޝާންތް މިއަދު ދިރިހުރިނަމަ، އޭނާ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރެވޭނެ. މަދު އަދަދަކުން މަސްތުވާތަކެތި ބޭނުންކުރުމަކީ ގާނޫނީ ގޮތުން އަހަރެއް ވަންދެން ޖަލަށް ދާންޖެހޭ ފަދަ ކުށެއް،" ރިއާ ކަފާލާތަށް އެދުނު ލިޔުމުގައި ވެއެވެ.

މަސްތުވާތަކެއްޗާ ހުރި ގުޅުމުގެ ދަށުން ބޮލީވުޑްގެ އެތައް ފިލްމީ ތަރިންނަކާއި މިހާރު އެން.ސީ.ބީ އިން ވަނީ ސުވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.