Support Us

ކައިޒީންގެ ޚާއްސަ އިންޓަވިއު:

ކައިޒީންގެ އެންމެ ސުވާލެއް ދިވެހި ފިރިހެނުންނަށް

އިންސްޓަގްރާމްގައި އެއް ލައްކައަށްވުރެ ގިނަ ފޭނުންނާ އެކު، އިތުރު ތައާރަފަކަށް ބޭނުންނުވާ ޒުވާން މޮޑެލް ކައިޒީން އަކީ ސޯޝަލް މީޑިއާގައި މިހާރު އެންމެ ހިނގާ އެއް ނަމެވެ. ކައިޒީން ބުނާ ގޮތުން "ކައި ކައިއަށް ވީ ފޭނުންގެ ސަބަބުން"ނެވެ.

ދިވެހި ގިނަ ފިރިހެނުންގެ ހިތްތައް ފަތަހަކޮށްފައިވާ ކައިޒީން ބުނާ ގޮތުން އޭނާގެ ހުރިހާ ވެސް ވަގުތެއް އަދި އަމާޒެއް މިވަގުތު ހުރީ އޭނާގެ މޮޑެލިން ކެރިއަރަށެވެ. ނަމަވެސް މޮޑެލް ކުރުން ހުއްޓާލަން ޖެހިދާނެ ގޮތެއް ވެސް އޭނާގެ ވިސްނުމުގައި އެބައޮތެވެ.

މޮޑެލިން ފޮޓޯތަކާއެކު ކުރު މުއްދަތެއްގެ ތެރޭގައި މަޝްހޫރުކަން ހޯދައިފައިވާ ކައިޒީން ވަރަށް ރީތިވެގެން އުޅޭ ދިވެހި ބައެއް ފިރިހެނުންނާ ކައިޒީން ވެސް ސުވާލެއް ކޮށްލަން ބޭނުންވެއެވެ. އެއީ ކޮން ސުވާލެއްކަން އެނގޭހެއްޔެވެ؟

ކައިޒީން "އަދިވެސް" އޮންލައިންއަށް އިންޓަވިއުދެނީ -ފޮޓޯ: އަދިވެސް

ތިރީގައި މިވަނީ "އަދިވެސް" އޮންލައިން އަށް ކައިޒީން ދިން ހާއްސަ އިންޓަވިއުއެއްގެ މުހިންމު ސުވާލުތަކާއި ޖަވާބުތަކެވެ.

ކައިޒީންގެ އަމިއްލަ ތައާރަފެއް ދީފާނަންތަ؟

ކައިޒީންއޭ ބުނެފިއްޔާ ނުދަންނަ މީހެއް މިހާރު ވަރަށް މަދުވާނެހެން ހީވަނީ. އެހެންވީމަ ކައި އަކަށް ހިޔެއް ނުވޭ އިތުރު ތައާރަފެއް ބޭނުންވާނެހެނެއް.

ލަވައެއް ނޫނީ ފިލްމަކުން ކައިޒީން ފެނިދާނެތަ؟

ސަޅި އޮފައެއް ލިބިއްޖިއްޔާ ލަވައަކުން ފެނިދާނެ، އެކަމަކު ފިލްމަކުން ހިޔެއްނުވޭ.

ހުސްވަގުތު ކުރަނީ ކޮން ކަމެއް؟

ޔޫޓިއުބް ވީޑިއޯ ބަލަނީ. ބޮޑަށް ބިއުޓީ އެންޑް ފެޝަން ރިލޭޓެޑް ސްޓަފްސް

ކައިޒީންގެ އިސްތަށިގަނޑު ވަރަށް ރީތި، ބަލަހައްޓަނީ ކިހިނެއް؟

ކައީގެ ހުންނާނެ ސްރީލަންކާގައި ވެސް މާލޭގައި ވެސް ހާއްސަ، ޕާސަނަލް ހެއާ ސްޓައިލިސްޓެއް. އެމީހުން ޓްރީޓްކުރަނީ ކައިގެ އިސްތަށިގަނޑަށް. ވީކްލީ އެމީހުން ކައިރިއަށް ދަނީ. ގޭގައި އަމިއްލައަށް މާބޮޑު ކަމެއް ނުކުރަން. ނެޗުރަލީވެސް ކައިގެ އިސްތަށިގަނޑު ފަންވާނެ. ކުރިން ބްލޮންޑްކޮށް އޮންނައިރު މަހަކު އެއް ފަހަރު ލަންކާގައި ހުންނަ ހެއާ ސްޓައިލިސްޓް ކައިރިއަށް ރީޓަޗިންގ އަދި ޓްރީޓްމަންޓް ނަގަން ދަން.

އެންމެ ދާހިތްވަނީ ކޮން ގައުމަކަށް؟

ވަކި ގައުމެއް ނެތް. އެކަމު އެންމެ ދާހިތްވަނީ ރިސޯޓްތަކަށް.

ރާއްޖެއިން އެންމެ ރީތި ރަށަކީ ކޮބާ؟

ރާއްޖޭގެ ރަށްރަށަށް ވަރަށް ދެވިފައި ނުހުންނާނެ. އެކަމަކު އެންމެ ރީތީ ކައިގެ އުފަން ރަށް ޅ. ނައިފަރު.

އެންމެ ކާހިތްވަނީ ކޮން އެއްޗެއް؟

ސަބްމެރީން އަދި ޕިއްޒާ، އެކަމަކު ވަރަށް ޕޯޝަން ކޮންޓްރޯލްކޮށް ކަނީ.

އެންމެ ބޯހިތްވަނީ ކޯންޗެއް؟

އެވަކާޑޯ ސްމޫތީ

ހަޔާތުގައި މިހާތަނަށް ހާސިލްވެފައި ނެތް ކަމަކީ ކޮބާ؟

ކައި ހާސިލް ކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލްވޭ މިހާތަނަށް.

ކައިޒީން އަކީ ވަރަށް ރުޅި ގަދަ މީހެއްތަ؟

ކައި އަސްލު ވަރަށް ރުޅި ގަދަވާނެ. އެކަމަކު ވަރަށް މަދު މީހަކަށް އެކަން އެކްސްޕީރިއެންސް ކުރެވިފައި ހުންނާނީ.

މޮޑެލިންގެ ދާއިރާއަށް ޝައުގުވެރިވީ ކިހިނެއް؟

މޮޑެލިންގެ ދާއިރާއަށް ވަދެވުނީ ނޭނގި. ރަންވޭ ޝޯއަކުން މިދާއިރާއަށް ނިކުމެވުނީ. ޑްރެސްކޮށްގެން ފޮޓޯ ނަގަން ކުޑަ އިރުއްސުރެވެސް އިންޓްރަސްޓް ހުރޭ. މިއީ ވަރަށް އިންޓަރެސްޓިން ދާއިރާއެއް ކެރިއަރެއް ބިލްޑްކުރަން.

މިހާތަނަށް ކުރެވުނު މޮޑެލިންގެ ތަޖުރިބާ ކިޔައިދީފާނަންތަ؟

މިހާތަނަށް އެކި ބްރޭންޑް ތަކާއި ޕްރޮޑަކްޓްތައް ޕްރޮމޯޓް ކުރުމުގައި މަސައްކަތް ކުރެވިއްޖެ. ކޮންމެ ޕްރޮޖެކްޓަކީވެސް ތަފާތު ސަޅި އެކްސްޕީރިއަންސެއް.

ކޮން ކަހަލަ މޮޑެލިންއެއް އެންމެ ކުރާހިތްވަނީ؟

ފެޝަން ރިލޭޓަޑް

ރާއްޖެއިން ބޭރުގައި މޮޑެލްކުރަން ފުރުސަތެއް ލިބިއްޖެތަ؟

އަބަދުވެސް ރާއްޖެއިން ބޭރުން ފުރުސަތު ލިބޭ. އެކަމަކު ރާއްޖެއިން ބޭރުގައި ބޭސްވެގެން އެކަން ކުރަން ޖެހެނީ. ކައި އަދި ބޭނުމެއްނުވޭ ރާއްޖެ ދޫކޮށް އެގޮތަށް ދާކަށް.

މޮޑެލްކުރާ އަންހެން ކުއްޖެއްގެ ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ކޮބާ؟

ޑިސިޕްލިން ވަރަށް މުހިންމު ވާނެ. މިބުނީ އަމިއްލަ ސެލްފް ވެލިއުކޮށް، އުޅޭ އުޅުމުގައި ޑިސިޕްލިންކޮށް އުޅެންޖެހޭ.

މޮޑެލްކުރުމުގެ މުސްތަގުބަލާމެދު އުންމީދުތައް ހުރީ ކިހިނެއް؟

މޮޑެލިން ދާއިރާގައި ރާއްޖޭގައި ދެވޭނެ އެންމެ ޓޮޕަށް މިހިރީ އާދެވިފައި. ރެސްޕެކްޓިވް ނޭމެއް ބިލްޑް ކުރެވިއްޖެ މިހާރު

މޮޑެލްކުރާ ކުއްޖަކަށް ނުވި ނަމަ، ކައިޒީން ފެނުނީހީ ކޮން ދާއިރާއަކުން؟

ހޮސްޕިޓަލިޓީ ނުވަތަ ސިއްހީ ދާއިރާއިން ފެނުން ގާތީ.

މޯލްޑިވިއަންގެ ކެބިން ކްރޫގެ ވަޒީފާގައި އުޅުނީ ކީހާ ދުވަހަކު؟

ކެބިން ކުރޫއަކަށް ދެ އަހަރު ދުވަހު އުޅުނިން. އެކަމަކު އެކަހަލަ ހާރޑް ވޯކިން ޖޮބަކަށްވުރެ މާރަނގަޅު އާމްދަނީއެއް މި ދާއިރާއިން ލިބޭ.

ކައިޒީން އެންމެ ބައްދަލުކުރާހިތް ވަނީ ކާކާ؟

ރާއްޖޭގައި ނެތް ބައްދަލުކުރާ ހިތްވާ ވަކި މީހެއް، އެކަމަކު ރާއްޖޭން ބޭރުގައި އެބަތިބި ބައިވަރު މީހުން.

ރާއްޖެއިން އެންމެ ރީތި ފިރިހެނަކީ ކާކު؟

ރާއްޖެއަކީ ރީތި ފިރިހެނުން ވަރަށް ގިނަ ތަނެއް. ވަކި މީހެއްގެ ނަން މެންޝަން ކުރާކަށް ކައި ބޭނުމެއް ނޫން.

ކައިޒީން ވަރަށް ރީތިވެގެން ދިވެހި ބައެއް ފިރިހެނުން އުޅެނީ ކީއްވެ؟

ކައިއަކަށް ވެސް އަސްލު ނޭނގޭ ކީއްވެގެން ކަމެއް. ދިވެހި ފިރިހެނުން ކައިރީ އަހާލަން ޖެހޭނީ. ކައިވެސް ބޭނުން އަހާލަން.

ކައިޒީން ރީތިވެގެން އުޅޭ މީހުންނަށް ބުނާނީ ކީކޭ؟

ވަރަށް އުފާވެއޭ އެހާ އެޑްމަޔަރކުރާތީ.

ޒަވާޖީ ހަޔާތާ ބެހޭ ގޮތުން ބުނާނީ ކީކޭ؟

ޒަވާޖީ ހަޔާތަކަށް ވުރެ ބޮޑަށް މިހާރު މި ފޯކަސްކުރަނީ ކެރިއަރ އަށް.

ފިރިޔަކު އިޚްތިޔާރު ކުރުމުގައި ކައިޒީން އެންމެ އިސްކަން ދޭނީ ކޮން ކަމަކަށް؟

ފިރިޔަކު އިހްތިޔާރު ކުރާއިރު ބަލާނީ ސްޓޭބަލް، މެޗުއާޑް، ކެއާރިން އަދި ސަޕޯޓިވް މީހަކަށް. އެމީހާގެ ލުކްއެއް ކައިއަކަށް އެހާ މެޓާރއެއް ނޫން.

ތިކަހަލަ މީހެއް ދިމާވެއްޖެއްޔާ ދެ އަންބަށް ކައިވެނިކޮށްފާނަންތަ؟

އެކަހަލަ މީހަކާ ދިމާވީމަ އެނގޭނީ.

ހުސްކޮށް ތި ހުންނަނީ ކީއްވެ؟ އަލުން މެރީ ކުރަނީ ކޮން އިރަކުން؟

މިވަގުތު އިސްކަން މިދެނީ ކެރިއަރ އަށް

ކައިޒީން ކިޑެއް ބޭނުންތަ؟

ވަރަށް އަވަހަށް ދެކެން ބޭނުންވާ ދުވަހެއް އެއީ. ޔަންްގު އޭޖުގައި އަމިއްލަ ކިޑެއް

ކައިޒީން މޮޑެލްކުރަން ބޭނުން ނޫން މީހަކު ހަޔާތުގެ ބައިވެރިއަކަށް ހޮވާފާނަންތަ؟

އާނ ހޮވާފާނަން. ކައި އަކީ މިހާރު ޕަބްލިކް ފިގާއެއް. އެ އިމޭޖް ރުއިންވާނެ ކަމެއް ކައިއެއް ނުކުރާނަން. އެކަމަކު ލައިފަށް އަންނަ މީހަކަށްޓަކައި މޮޑެލިން ކެރިއާ ދޫކޮށްލަފާނަން.

ފަހު ސުވާލު. ކައިޒީނަށް ސަޕޯޓުކުރާ މީހުންނަށް ދޭނެ މެސެޖަކީ ކޮބާ؟

މިހާ ހިސާބަށް މިއާދެވުނީ ކައިގެ ސަޕޯޓަރުންގެ ވެސް ހެލްޕާ އެކީ. ކައި އަބަދުވެސް އެކަން އެޕްރިޝިއޭޓް ކުރަން.

ފޮޓޯތައް: ކައިޒީން އިންސްޓަގްރާމް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5911119
ޚިޔާލު ފާޅުކުރައްވާ!

10 Responses

  1. ކައިޒީނަކަސް ބަރަހަނާ ވެގެން މާވަރު މީހެއް ނެތިގެން އުޅުނީމަ ސަޅިއެއް ނޫން. ކައިޒީނަށް ނިވާވާން އަމުރު ކުރައްވާފައިވާކަން އެނގޭނެ. ބަރަހަނާވެ އައުރަ ދައްކައިގެން އެ އުޅެނީ އަސްލު ކައިޒީންގެ ނަފްސުގެ އަގު 25 ލާރިއަށް ވުރެވެސް ދައްވީމައެވެ. ކުރާނީ ކީއްހެއްޔެވެ؟ ﷲ ތެދުމަގު ދެއްވި އަޅަކަށް ނޫނީ ތެދުމަގެއް ނުދައްކަވާނެ ވިއްޔާއެވެ.

  2. Kuramun danee ragalhukamednoon mihaarun mihaarah huhtaalaa islaahu vumah nasey hahtheri van heyo visnun dehvaa thedumagah magu dahkavaashieve

  3. މީނަގެ އަސްލު ނަން އަހާލި ނަމަވެސް ކޮންފަދަ! ކައި ކައި ވެގެން އުޅެނީ ހިމްނަތު ކިޔަން ލަދުން!

  4. ޓެލެންޓް ނެތަސް ސޫރާ ހުތުރުނޫންނަމަ މޮޑެލިންގް އެއީ ރަނގަޅު ކެރިޔަރެއް.

  5. ފިރިހެނުން ކައި ވެފަ އުޅެނީ ބޫޓީ އަކާ ބޮޑު ބީބީ އެއް އޮންނަތީ. މި ފިރިހެން ވެރިން އަތުގަ ހިފައިގެން އެހެންމީހުންނަށް ދެއްކެން ގެންގުޅެން ބޭނުން ވަނީ ހިކި ދެފަރާތުން ތަތްލާފައި ތިބޭ އަންހެންވެރިން. ވަގަށް ގެންގުޅޭނީ މަސްފަލަ ވަރުގަދަ އަންހެނުން.

  6. "ކެބިން ކުރޫއަކަށް ދެ އަހަރު ދުވަހު އުޅުނިން. އެކަމަކު އެކަހަލަ ހާރޑް ވޯކިން ޖޮބަކަށްވުރެ މާރަނގަޅު އާމްދަނީއެއް މި ދާއިރާއިން ލިބޭ." ކުރުކޮށް ބުނަންޏާއި ކައިއަކީ ގޯލްޑިގަރ އެކޭ ތިބުނަނީ، އަތުން ފައިން މަސައްކަތެއް ނުކޮށް ފައިސާ ހޯދަން އެންމެ ކުޅަދާނަވާނީ ގޯލްޑްޑިގަރސް. ތިބުނާ ވަރުގެ އާމްދަނީއެއް މިރާއްޖެއަކުން ތިޔަކަންކޮށްގެން ނުލިބޭނެ. ގިނަ ވެގެންވެސް 5 ހާހެއް ރުފިޔާ މީހަކު ދީފާނެ. އެހެނެއް ނޫން ޑިމްސް ސޯލިހާއި، ކައި ގޮވައިގެން ރިސޯޓަށް ދަނިކޮށް އަލިހުރަސް ކަނޑަށް ލޯންޗު ހުއްޓި ހޮޑުލާލާ ހަނާވި ސްޓެލްކޯ އެމްޑީ މުގުނި އާއި މީހުން ހަރަދު ކުރަންޏާއި ވެދާނެ. ކާންވީމަ ޖެންނަށްވެސް ތިއަރަނީ އެޑިޝަން ފިހާރަ މާކެޓިންގ އުޅޭ ސިޔާމް ގޮވައިގެން ބިލް ކަޑަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *