...

Support Us

ދީޕިކާ، ޝްރައްދާ އަދި ސާރާގެ ފޯނު އެން.ސީ.ބީ އިން އަތުލައިފި

ބޮލީވުޑްގެ ފިލްމީ ތަރި ސުޝާންތް ސިންގުގެ މަރުގެ މައްސަލައިގައި ކުރެވެމުންދާ ތަހުގީގަށް ދީޕިކާ ޕެޑުކޯނާއި، ޝްރައްދާ ކަޕޫރާއި ސާރާ އަލީ ހާންގެ ފޯނު އެން.ސީ.ބީ އިން އަތުލައިފިއެވެ.

އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި މިހާރު އެން.ސީ.ބީގެ ބެލުމުގެ ދަށުގައި ދީޕިކާ ޕެޑުކޯން، ޝްރައްދާ ކަޕޫރް، ސާރާ އަލީ ހާންގެ އިތުރުން ރާކުލް ޕްރީތް، ކަރިޝްމާ ޕްރަކާޝް، ސިމޯން ޚަމްބައްޓާ އަދި ޖާޔާ ޝާހުގެ ފޯނު އެބައޮތެވެ.

ސުޝާންތްގެ މަރުގެ މައްސަލައިގައި މިހާތަނަށް 18 މީހުން އެން.ސީ.ބީ އިން ވަނީ ހައްޔަރުކޮށްފައި ކަމަށް އެ ބިއުރޯގެ ޑެޕިއުޓީ ޑީ.ޖީ މުތާ އާޝޯކް ޖައިން ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެންމެ ފަހުން ބަޔާން ނެގީ ކަރިޝްމާ، ސާރާ، ދީޕިކާ، އަދި ޝްރައްދާގެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެން.ސީ.ބީ އިން ވަނީ ދަރްމާ ޕްރޮޑަކްޝަންގެ ޕްރޮޑިއުސަރު ޝިޓިޖް ރަވީ ޕްރްސާދާ ސުވާލުކުރުމަށްފަހު އޭނާ ހައްޔަރުކޮށްފައެވެ.

ޖޫން 14 ގައި މަރުވެފައި އޮއްވާ ފެނުނު ސުޝާންތްގެ މަރުގެ މައްސަލަ އެން.ސީ.ބީގެ އިތުރުން އީ.ޑީ އިންނާއި ސީ.އައި.ބީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *