...

Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ދީޕިކާ، ސާރާ، އަދި ޝްރައްދާއާ ސުވާލުކުރުމަށްފަހު ދޫކޮށްލައިފި

ބޮލީވުޑްގެ ފިލްމީ ތަރި ސުޝާންތްގެ މަރުގެ މައްސަލަޔާއި ގުޅިގެން އެން.ސީ.ބީ އިން ދީޕިކާ ޕެޑުކޯން، ސާރާ އަލީ ހާން އަދި ޝްރައްދާ ކަޕޫރާއި ސުވާލުކުރުމަށްފަހު އިއްޔެ ދޫކޮށްލައިފިއެވެ.

މި ތިން ފިލްމީ ތަރިންނާއި ސުވާލުކުރީ ސުޝާންތްގެ މަރާއި، މަސްތުވާ ތަކެއްޗާއި ހުރި ގުޅުމުގެ ތަހުގީގުތަކުގެ ތެރެއިންނެވެ.

ގޯއާގައި ފިލްމު ޝޫޓިން އެއްގައި ހުއްޓާ އެން.ސީ.ބީ އަށް ހާޒިރުވުމަށް ފުރަތަމަ ޗިޓު ލިބުނީ ދީޕިކާއަށެވެ. އެގޮތުން އޭނާ ވަނީ މުމްބާއީ އަށް ދަތުރުކޮށް އިއްޔެ އެން.ސީ.ބީގެ ސުވާލުތަކާ ކުރިމަތިލައިފައެވެ. އެން.ސީ.ބީ އިން ދީޕިކާ އާއި ސުވާލު ކުރިއިރު އޭނާގެ މެނޭޖަރު ކަރިޝްމާ ކަޕޫރާވެސް ސުވާލު ކުރިއެވެ. ފަސް ގަޑިއިރު ވަންދެން ދިގުދެމިގެންދިޔަ މި ސުވާލުކުރުންތައް ނިމުމާ އެކު ދިޕިކާ އާއި ކަރިޝްމާ ދެ ކާރެއްގައި ވަކިން ވަނީ ގޮސްފައެވެ.

ކަރިޝްމާ ކަޕޫރާ ވަކިން ހުކުރު ދުވަހު އެން.ސީ.ބީ އިން ސުވާލުކުރިއެވެ. މިގޮތުން އެ ދުވަހު އޭނާއާއި ހަތް ގަޑިއިރު ވަންދެން ސުވާލުކުރި ކަމަށްވެއެވެ. އަދި އޭނާގެ ފޯނުން 'ޑީ' ނަމަކަށް ޖަހާފައިވާ މީހަކަށް މަސްތުވާތަކެއްޗާ ބެހޭގޮތުން އޭނާ ފޮނުވާފައިވާ މެސްޖްތަކާ ބެހޭގޮތުން ސުވާލުކުރެވުނު ކަމަށްވެސް ވެއެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އެން.ސީ.ބީގެ ތަހުގީގަށް މި ތިން ތަރިންގެ ފޯނު ވަނީ އަތުލައިފައެވެ.

ސުޝާންތްގެ މަރުގެ މައްސަލަ މިހާރު ދަނީ ވަކި ތިން އޭޖެންސީއަކުން ތަހުގީގު ކުރަމުންނެވެ. އެއީ ސީ.ބީ.އައި އާއި އެން.ސީ.ބީ އަދި އީ.ޑީ އެވެ. މިއިން ކޮންމެ އޭޖެންސީއަކުންވެސް ތަހުގީގު ކުރަމުންދަނީ ސުޝާންތު މަރުވެފައިވާ ކަމަށް ބެލެވޭ ތަފާތު ތިން ސަބަބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *