Support Us

ޙިކުމަތުގެ ބަސްތަކެއް

ޙިކުމަތުގެ ބަސްތައް ފެނިދެޔޭ ބަސްފޮތް ބަލައި ހޯދައިލުމުން
މި ކުރާ މަސައްކަތަކީ އެއިން މަދު ބަސްކޮޅެއް އެއްކޮށްދިނުން

ނުފުރާށެ ފެން ފޫނެތް ފަޔަށް ބުނެޔޭ އިހުގެ ހަރުބަސްތަކުން
އުފުލާ އެއީ ބޮޑު ބުރައެކޭ ހަރުލައި އެ ފެން ނުމެ ވާކަމުން

ވިޔެފައި ތޮށަލި ދުޅަ ހުންނަހެން އެއްވަތްމަތީން އެއްވަތް ދަށުން
މިޔެ ކަން ހިނގާ ގޮތަކީ ދުނިޔެ ހިނގަނީ ދޮށަލިދުޅައަށް ކަމުން

ރެނދުލާނެޔޭ ގަހަކުން ވިޔަސް ކީއްޔާ އަޑެއް ހަމަ ކަށަވަރުން
މެދުވެރިވެގެން ގަދަ ވައި އައިސް "ފިރުމައިލި"ނަމަ އަނިޔާއަކުން

ތުނޑިއެއް ވޮޑެންޏާ ރަށުކޮޅުން، ތުނޑިއެއް ގިރާނޭ ހަމަ ރަށުން
އުޑި ބުރުޖަހާ ފަދައިން ތެދޭ ހިނގައޭ މިކަން މޮޅު ހަމަޔަކުން

ނުކިޔާނެޔޭ އެއްވެސް އަޑެއް، އެއް އަތް އެކަނި ހޫރައިލިޔަސް
ނުކިޔާނެ މީ ހުސް އަނގައެކޭ ޢިބްރަތްތަކެއް އޭގައި ވުމުން

ފިޔައެއް ގުރުނޑު އިނަކަސް އެޔަށް ނުބަލާށެ މާ ދަށް ނަޒަރަކުން
ފިޔަތައް ރިވެތި ފިނިފެން މަލަށް ލިބިފައިވި މަތިވެރި ޤަދަރަކުން

ބިސް ދޮށިވެގެން ނުމެވާނެޔޭ ހަމަ ގައިމު ވެސް  ކުކުޅަށް ވުރެން
އިސްވާނެނީ ކުކުޅޭ އިނގޭ، ބިސް އުފެދެނީ ކުކުޅުގެ ބަނޑުން

ނުލިބޭނެޔޭ ކިރު ބޯކަށެއް ދަރިފުޅު ނުރޯ ނަމަ، ރުއިމަކުން
ހުރިވަރު ތިމާ ބޭނުންވެފައި، އަންގަންޖެހޭނޭ ބުނެ ދުލުން

ދޮންފުތު ތިމާއަށް ވާނެޔޭ ދަރިއެއް ތިމާގެ އުފަންވުމުން
ދޮން ނޫނަކަސް ހަމަ ހެޔޮ ހިތުން ދަރިއަށް އެދޭނޭ  ހެޔޮ އެދުން

އަންނާނެކަން ހަމަ ކަށަވަރޭ އަޑިއަޑިގަނޑަށް ފަހު އުސްގަނޑެއް
ދަންނާނެ ނަމަ މީހުން މި ކަން  ލިބެޔޭ ފިލާވަޅު ޢިބްރަތުން

ލިބިގަންނަނީ ނަމަ ލާބަޔާ މަންފާ ޙަޔާތުގެ ބިންމަތީ
ލިބިދާށެ ގިނަގުނަ ދަރުސުތައް ގިނަގުނަ މިފަދަ ހަރުބަސްތަކުން

"މާޒީ"ގެ ގަލަމުން އަދު މިދޭ ގިނަގުނަ ނަސޭހަތް އަޑުއަހައި
ޣާޒީ ރަދުންގެ ޖިހާދު އަދު ޒިކުރާ ކުރާށޭ ފިކުރަކުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *