...

Support Us

ޕަންނާގެ މައިނެއްގައި މަސައްކަތްކުރާ މީހަކަށް 7.5 ކެރެޓުގެ އަލިމަސްތަކެއް ފެނިއްޖެ

ފައިސާ ހޯދުމަށް އެއްބަޔަކު ގަދައަޅާ މަސައްކަތް ކުރާއިރު، އަނެއް ބަޔަކަށް އެއް ދުވަހުން މުއްސަނދިވުމުގެ ނަސީބު ލިބެއެވެ. މިގޮތުން މަދްޔާޕްރަދޭޝްގެ ޕަންނާގައި ހުންނަ އަލިމަސް މައިނެއްގައި މަސައްކަތްކުރާ މީހަކަށް އަގުބޮޑު އަލިމަސްތަކެއް ވަނީ ފެނިފައެވެ.

އެހާ ފުން ނޫން މައިންއެއް ކޮންނަމުން ދިޔަ ސުބާލް ނަމަކަށް ކިޔާ މަސައްކަތު މީހާއަށް ފެނުނު އަލިމަސްތަކުގައި ޖުމްލަ 7.5 ކެރެޓު ހުރި ކަމަށް އާރް.ކޭ ޕަންޑޭ ބުންޏެވެ. ޕަންޑޭ އަކީ ޕަންނާގެ އަލިމަސް އޮފިސަރެކެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި އަގުބޮޑު އަލިމަސްތައް 30 ލައްކައާއި 35 ލައްކަ ރުޕީސްއާ ދެމެދުގެ އަގެއްގައި ވިއްކާލެވޭނެއެވެ.

ސުބާލް މި އަލިމަސްތައް މިހާރު އެރަށުގެ ޑައިމަންޑް އޮފީހާ ވަނީ ހަވާލުކޮށްފައެވެ. މިތަކެތި ވިއްކާލުމަށް ހަމަޖެހިފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ނީލަމެއްގައި ކަމަށް ޕަންޑޭ ބުންޏެވެ.

ގާނޫނުގައި ވާގޮތުން ނަމަ، އަލިމަސްތަކުން 12 ޕަސެންޓުގެ ޓެކްސް ދައުލަތަށް ނެގުމަށްފަހު، ބާކީ 88 ޕަސެންޓަށް ވާ ފައިސާ ލިބޭނީ ސުބާލް އަށެވެ.

މީގެ ތަންކޮޅެއް ކުރިންވެސް ޕަންނާގެ ބުންޑެލް ޚާންޑް ސަރަހައްދުގައި މަސައްކަތް ކުރާ އެހެން މީހަކަށް 10.69 ކެރެޓުގެ އަލިމަސް ތަކެއްވެސް ފެނިފައިވެއެވެ. ޕަންނާއަކީ އުމްރާނީ ގޮތުން ތަރައްގީވެފައިވާ ހިސާބަކަށް ނުވި ނަމަވެސް، އެ ހިސާބަކީ އަލިމަހަށް މަޝްހޫރު ހިސާބެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *