Support Us

ކަކޫމަތީ ފެހި ލައްތަކެއް ހުރި ޖިންސުތަކެއް ގޫޗީއިން ވިއްކަނީ 1200 ޑޮލަރަށް!

ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ގޫޗީ އިން އެންމެ ފަހުން ނެރުނު ޖިންސުތަކާއި ޑަންގިރީތަކުން މީހުން ހައިރާންކޮށްލައިފިއެވެ. ވިނަތަކެއް މަތީގައި ކަކޫ ޖައްސައިގެން އުޅުމުން ހުންނަ ކަހަލަ ފެހި ކުލައިގެ ލައްތަކެއް މި ޖިންސުތަކުގެ ކަކުލާ ދިމާލުގައި ހުރެއެވެ. މިއީ 2020 ވަނަ އަހަރުގެ އިޓަލީގެ ފެޝަން ހައުސްގެ ފޯލް ވިންޓަރގެ ފިރިހެނުންގެ ކަލެކްޝަންގައި ހިމެނޭ ޖިންސެކެވެ.

މި ޖިންސުގެ އަގަކީ 1200 ޑޮލަރެވެ. ނަމަވެސް މީގެ އެކި ވައްތަރުތަކުގެ އަގުތައް ތަފާތުވުމާއެކު 1200 ޑޮލަރަކީ މިބާވަތުގެ ޖިންސްގެ ފަށާ އަގެވެ.

ޖިންސެއް މި އަގުގައި ހުރި ނަމަވެސް މީގެ ޑަންގިރީއެއްގެ އަގު އަރަނީ 1400 ޑޮލަރަށެވެ. މިހާރު މި ތަކެތި ގޫޗީގެ ވެބްސައިޓުން ގަންނަން ލިބެއެވެ.

މި ޑަންގިރީތައް ހަދާފައިވަނީ އިޓަލީގައެވެ. އަދި މިތަކެތި ހެދުމުގައި ތިމާވެއްޓަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާ ކަމަށް ވެސް ގޫޗީގެ ވެބްސައިޓުގައި ވެއެވެ.

ބާ އެއްޗަކާ ސިފަވާ ޒާތުގެ އެއްޗެއްގެ އަގު މިހާ ބޮޑުވުމުން މީހުންގެ ފާޑުކިޔުންތައް ދަނީ މި ބްރޭންޑަށް އަމާޒުވަމުންނެވެ. މި ޖިންސުތަކުގެ ފޮޓޯތައް ޓްވިޓަރގައި ދައުރުވަމުން ދާއިރު ބާއެއްޗެއް ގަންނަން އެހާ ބައިވަރު ފައިސާ ހަރަދުކުރާނެ މީހަކު ވާނެތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.

މިއީ ބާ ކަމަށް ދައްކާ އެއްޗެއް ގޫޗީއިން ވިއްކަން ލީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ނެރުނު ބޫޓެއްގެ ސަބަބުންވެސް މިގޮތަށް މީހުންގެ ފާޑުކިޔުންތައް އެ ބްރޭންޑަށް އަމާޒު ވެފައިވެއެވެ. މިގޮތުން އެކަކު އެ ބޫޓުތައް ސިފަކުރަނީ ދަނޑު ހެއްދުމަށް 6 މަސް ދުވަސް ވަންދެން އަރައިން މަސައްކަތް ކުރީމާ ހުންނަ ކަހަލަ ބޫޓެއްގެ ގޮތުގައެވެ. މި ބޫޓުގެ އަގަކީ 870 ޑޮލަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *