ބޯކޮށާ މީހާ ކުރާ ޝަކުވާ އެއީ ބޮޑު އޮޅުމެކޭ
ބޯކޮށާން އޭނާ ހެވޭ އަދު ހުރުމެކޭ އަދި ނެތުމެކޭ
މީގެ ސާޅީސް އަހަރު ކުރިޔޭ އަދު ހަނދާނަށް އަންނަނީ
ރީތި އިސްތަށިގަނޑު ކޮށާން އޭނާ ވެލީ ޤުރުބާނެކޭ
ދިން ވަޒީފާގައި މިއަދު އެތަކެއް ޒަމާނެއް ވެއްޖެޔޭ
ދިން މުސާރަ ބަދަލު ނުވާތީ، މީ ކުރާ ޝަކުވާއެކޭ
މިއަދު އުމުރުން ފަސްދޮޅަސް އެތަކެއް އަހަރުވެއްޖޭ މަށަށް
ހެޔޮ ބަހެއް އޭނާގެ ނުލިބުން ވެސް އެއީ އޮތް ދެރައެކޭ
ނަމަވިޔަސް ވިސްނައިބަލާށޭ މައްސަލައިގެ ޙަޤީޤަތަށް
ހަމަ މިނުން އިތުރުވެ ދިޔުން ވެސް އޭ ޔަޤީން އިސްރާފެކޭ
ކުރި މަސައްކަތަކާ އެ ކަމުގައި އުފުލި ބުރަޔާ ދައްޗަކާ
ހުރި ގޮތެއްގެ މަތިން އަގެއް ދިނުމީ ކިރޭނެ ތަރާދެކޭ
ގިނަ ދުވަސް ވީ ހެން މަސައްކަތް ބަލަ ނުދޭހޭ ލުއިވަމުން؟
ދެނެ މިކަން ރަނގަޅަށް ވަޒަން ކުރުމީ ރަނގަޅު އިންސާފެކޭ
ކުރު ކުރަން އޭނާ ކޮށާން ބޮލުގައި ހުރީ މި ވަގުތު މަގޭ،
އަރިމަތިން ދެފަރާތުގައި ހުރި ބަލި ދެތިން ކުޑަ ނުރަޔެކޭ