ލައިލާގެ ލޮލުގެ ލަވައޭ މަޖުނޫނު ލޮލުގެ ދުލަކީ
ވައިރޯޅިއާ އެކީގައި ފޮނުވާ ހިތުން މެސެޖަކީ
އަނދަމުން އެތެރެ ހަށީގައި އަލިފާން އައޭ ކުރިންސުރެ
އަނގުރުން މި ހުޅުފެޅީ އަދު، ލުއިރޯޅިއެއް ސަބަބަކީ
ދުރުގައި ވިޔަސް ދުރެއް ނޫން ހުވަފެން ކަޅާ ހުދެއް ނޫން
ބުރުސޫރަ ރިވެތި ލައިލާ ތަސްވީރުތަކުގެ ހިތަކީ
ފައިގައި އޮތަސް ހިލިހިލާ ހިތުގައި ނެތޭ އެ ޗޭނެއް
ސައިލުގެ އޮޔާ އެކީގައި ބެހުމޭ ހިތުގެ އެދުމަކީ
ހެކިވޭ އުޅޭ މި ޙާލަށް، ޝާހިދު! ކަލޭ ދެކޭނޭ!
އެކިއެކި ހަނދާންތަކޭ ހިތް ކުރަނީ އެއޭ ދިރުމަކީ